ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)CHSE-SMT/1/2025/41
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 15:12
ސުންގަޑި: 29 ސެޕްޓެންބަރު 2025 13:00
ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
އިންވިޖިލޭޓަރުން ހޯދުމާއިބެހޭ

އިޢުލާން 

އިންވިޖިލޭޓަރުން ހޯދުމާއިބެހޭ

މިސެންޓަރުގެ 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭލެވެލް އިމްތިހާންގެ އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކުރާނެ އޯލެވެލް ފެންވަރު މީހުން ހޯދަން ބޭނުންވެއެވެ. އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އުޖޫރަ އެއްގޮތުގައި ދިނުމަށް ހަމަ ޖެހިފައިވަނީ އިންވިޖިލޭޓް ކުރައްވާ ކޮންމެ ސެޝަންއަކަށް 200 ރުފިޔާއެވެ. އިންވިޖިލޭޓަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަށް ތިރީގައި މިވަނީއެވެ.

އިންވިޖިލޭޓަރުންގެ ޝަރުތުތައް:

  1. ދިވެހި ރައްޔިތަކަށްވުން
  2. އުމުރުން 18 އަހަރުފުރިފައިވާ މީހަކަށްވުން
  3. ޖީ.ސީ.އީ އޯލެވެލް ފެންވަރަށް އިނގިރޭސިބަސް އެނގޭ މީހަކަށްވުން
  4. އެމީހަކު އިންވިޖިލޭޓުކަން ކުރާ (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓެއް ކަމުގައި ނުވުން
  5. އެމީހަކު އިންވިޖިލޭޓުކަން ކުރާ (އެއަހަރުގެ) އިމްތިޙާނުގެ ކެންޑިޑޭޓަކަށް ތިރީގައި ބަޔާން ކުރާ މީހަކު ނުވުން

(މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، އެއްބަނޑުއެއްބަފާ މީހެއް، އެއްބަނޑު / އެއްބަފާ މީހެއް، ދަރިއެއް، ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް)

ވީމާ، މަތީގައިވާ ޝަރުތުތައް ފުރިހަމަވާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު 29  ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އައިޑީ ކާރޑް ކޮޕީ އާއި ބޭންކް އެކައުންޓް ނަންބަރު އިނގޭ ސާފު ކޮޕީ މިސެންޓަރަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމަށް އެދޭ ފޯމު މިސެންޓަރުގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. 

 

30 ރަބީޢުލްއައްވަލް   1447

22 ސެޕްޓެމްބަރ    2025

22 ސެޕްޓެންބަރު 2025