ބީލަން
ނަންބަރު: TENDER/URH/2025/22
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 20:03
ސުންގަޑި: 06 އޮކްޓޫބަރު 2025 14:00
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މިހޮސްޕިޓަލުގެ ޕުލްމޮނޯލޮޖީ ޑިޕާޓްމަންޓަށް ބޭނުންވާ މެޑިކަލް އިކްއިޕްމަންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުއްވެއްޖެ

އިޢުލާން

މިހޮސްޕިޓަލުގެ ޕުލްމޮނޯލޮޖީ ޑިޕާޓްމަންޓަށް ބޭނުންވާ މެޑިކަލް އިކްއިޕްމަންޓްސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުއްވެއްޖެ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އަލަށްފަށާފައިވާ، ޕުލްމޮނޯލޮޖީ ޑިޕާޓްމަންޓަށް ބޭނުންވާ، މެޑިކަލް އިކްއިޕްމަންޓްސް ސަޕްލައިކޮށްދިނުމާއިއެކު، އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާގޮތަށް ނަންނޯޓް ކުރުމާއި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގައި ވަޑައިގެން، ބީލަން ހުށައެޅުއްވުންއެދެމެވެ.

 ނަންނޯޓް ކުރެއްވުން

ބީލަން ހުށަހެޅުމަށް ރެޖިސްޓްރީ ކުރުން (ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް)

ތާރީޚް: 2025 ސެޕްޓެންބަރު 22، ން ފެށިގެން، 2025 އޮކްޓޯބަރު 06 ވަނަ ދުވަހުގެ 14:00 އަށް

އީމެއިލް [email protected] :ފޯނު ނަންބަރ: 6583007

ރެޖިސްޓްރޭޝަން ލިންކް:

އަންދާސީ ހިސާބު ހުށައެޅުއްވުން

ތާރީޚް: 2025 އޮކްޓޯބަރު 13 – ހޯމަ ދުވަސް

ގަޑި: މެންދުރުފަހު 13:00

ތަން: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެއިން ކޮންފަރެންސް ރޫމް

 

މިއިޢުލާނާއި ގުޅޭ މައުލޫމާތު ޝީޓާއި، ޓެކްނިކަލް ސްޕެސިފިކޭޝަނާއި، އެހެން ޑޮކިއުމަންޓްސް ގެޒެޓްގައި އެޓޭޗް ކުރެވިފައިވާނެ ވާހަކަ ދަންނަވަމެވެ. އަދި މިބީލަމާއިގުޅިގެން، ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 6583007 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

30 ރަބީޢުލްއޫލާ 1447

22 ސެޕްޓެންބަރު 2025