ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS63-AD/GS63/2015/26
ޕަބްލިޝްކުރި ތާރީޚް: 14 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 11:22
ސުންގަޑި: 22 އޮކްޓޫބަރު 2015 14:30
ވޭމަންޑޫ ސްކޫލް/ ތ.ވޭމަންޑޫ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

5 އޮކްޓޫބަރު 2015 ގައި ކޮށްފައިވާ  IUL)GS63-AD/GS63/2015/21) ނަންބަރުގެ އިއުލާނުގައި މައްސަލަ ހުރުމާ ގުޅިގެން، އެ އިޢުލާން ބާޠިކޮށް، އަލުން އިޢުލާން ކުރަމެވެ.

މަޤާމް:                      އެޑްމިނިސްޓްރޭޓަރ

ބޭނުންވާ އަދަދު:                1 (އެކެއް)

ރޭންކް:                     އެމް. އެސް. 3

ކްލެސިފިކޭޝަން:                ސީނިއަރ އެޑްމިނިސްޓަރޭޓިވް އޮފިސަރ ގްރޭޑް 3

މުސާރަ:                    -/7035 ރުފިޔާ

ސަރވިސް އެލަވަންސް:            -/2000 ރުފިޔާ

ވަޒީފާ އޮތް އޮފީސް:              ވޭމަންޑޫ ސްކޫލް

ގިންތި:                     ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:      އިދާރީ ސެކްޝަން/ ތ. ވޭމަންޑޫ ސްކޫލް                 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސްކޫލުގެ ބަޖެޓަށް ލިބޭ ފައިސާއާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައްތައް، ދަތުލަތުގެ މާލިއްޔަތުގެ ގާނޫނާ އެއްގޮތްވާގޮތުގެމަތިން، ސެކްޝަނުގެ މުވައްޒަފުން ލައްވައި ކުރުވައި ބެލެހެއްޓުން.
  • ސްކޫލުގެ އިދާރީ މަސައްކަތްތައް، ޕްރިންސިޕަލްގެ ލަފާގެމަތިން މުވައްޒަފުން ލައްވައި ކުރުވައި ބެލެހެއްޓުން.
  • ސްކޫލުގެ މެއިންޓެނެންސް މަސައްކަތްތައް، ޕްރިންސިޕަލްގެ ލަފާގެމަތިން ކުރުވައި ބެލެހެއްޓުން.
  • ތިމާގެ ދަށުގައި ތިބޭ މުވައްޒަފުންނާ، ލިއުމުން މަސައްކަތް ހަވާލުކޮށް، ހަވާލުކުރެވޭ މަސައްކަތް އެ މުވައްޒަފުން ކުރައްވަމުންދާ މިންވަރާއި ފެންވަރު ވަޒަންކޮށްފައި އެޕްރައިޒަލް ފޯމު ފުރުމާއި، އެކަމުގެ މަޢުލޫމާތު އެ މުވައްޒަފުންނަށާއި ސްކޫލުގެ އިސްވެރިޔާއަށް ގަވާއިދުން ދިނުމާއި، މުވައްޒަފުންގެ މަސައްކަތް ރަނގަޅުކުރަން އަޅަންޖެހޭ ފިޔަވަޅުތައް، ޕްރިންސިޕަލްގެ ލަފާގެމަތީން ގަވާއިދުން އަޅަމުން ދިއުން.
  • ސްކޫލުގެ އިމާރާތާއި ގޯތިތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް މުވައްޒަފުން ލައްވައި ކުރުވުން.
  • ސިވިލް ސަރވިސަސްގެ ކޯޑް އޮފް ކޮންޑަކުޓަށް އިޙްތިރާމްކުރުމާއި، އޭގައި ބަޔާންކުރާގޮތަށް ޢަމަލުކުރުން. 

މަޤާުމުގެ ޝަރުޠު                                            

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އެކައުންޓިންގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އެކައުންޓިންގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އެކައުންޓިންގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އެކައުންޓިންގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  4. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އެކައުންޓިންގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  5. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/އެކައުންޓިންގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ތަޢުލީމީގޮތުން އެންމެ މަތީ މާކްސް ލިބިފައިވާ ފަރާތަށާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި، އިންޓަވިއުއިން އެންމެ މަތީ މާކްސް ލިބިފައިވާ ފަރާތަކަށެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކުގެ އިންޓަރވިއު، 25 އޮކްޓޫބަރު 2015 ފެށިގެން ކުރިއަށްދާނެއެވެ.  

ށ. އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފޯމު ލިބޭނީ، ވޭމަންޑޫ ސްކޫލުގެ އޮފީހުންނާއި، www.csc.gov.mv މި ވެބްސައިޓުންނެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުފައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ވޭމަންޑޫ ސްކޫލުގެ އޮފީހަށެވެ.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 އޮކްޓޫބަރު 22 ވާ ބުރާސްފަތި ދުވަހުގެ 14:30 ގެ ކުރިން، ވޭމަންޑޫ ސްކޫލްގެ އޮފީހަށް.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ވޭމަންޑޫ ސްކޫލުގެ  6780564 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

1 މުޙައްރަމް 1437

14 އޮކްޓޫބަރު 2015