ބީލަން
ނަންބަރު: (IUL)324/324/2025/34
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:26
ސުންގަޑި: 06 އޮކްޓޫބަރު 2025 11:00
މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.ފެހެންދޫ އުސްމާނީހިޔާ ގޯތީގެ ވަށާފާރު ރާނާ، ސިމެންތިޖެހުން

ނަމްބަރު:(IUL)324/324/2025/34

އިޢްލާނު

 

ބިޑް ހުށަހެޅުމުގެ ދަޢުވަތު:

          ބ.ފެހެންދޫ އުސްމާނީހިޔާ ގޯތީގެ ވަށާފާރު ރާނާ ސިމެންތި ޖަހާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

          ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ދައުވަތު އަރުވަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ފޯމުފުރިހަމަކޮށް ހުށަހަޅަންވާނެއެވެ. މި މަސައްކަތުގެ މަޢުލޫމާތު ޝީޓާއި، އަންދާސީ ހިސާބު ހުށައަޅާ ފޯމްސެޓް، ބިޑް ރަޖިސްޓްރީކުރާ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން ފޯރުކޮށް ދެވޭނެއެވެ.

ބިޑް ރަޖިސްޓްރީ ކުރުން

          ބިޑް ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ސެޕްޓެމްބަރ 30 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މިކައުންސިލްގައި ރަޖިސްޓަރ ކުރަންވާނެއެވެ. މިކަމަށް މިއިދާރާއަށް ވަޑައިގެން، ނުވަތަ މިއިދާރާގެ މެއިލް އެޑްރެސް  [email protected] އަށް ރިކުއެސްޓްކޮށް ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު (ނަމާއި އެޑްރެސް / ފޯން ނަންބަރު / އީމެއިލް އެޑްރެސް / އައި،ޑީކާޑު ނަންބަރ / ވިޔަފާރި ރަޖިސްޓްރީ ކޮޕީ، އިޢުލާން ނަންބަރާއެކު ) މެއިލްކޮށްދިނުން އެދެމެވެ.

          ރަޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 2025 ސެޕްޓެމްބަރ 30 ވާ އަންގާރަ ދުވަހުގެ 13:30  ގެ ނިޔަލަށެވެ. މި މުއްދަތުގައި ބިޑް ހުށަހެޅުމަށް ރަޖިސްޓަރ ނުކުރާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. 

           މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( 18/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނި ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ޕްރީ ބިޑް ބައްދަލުވުން:

 މި ބިޑާއި ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2025 ސެޕްޓެމްބަރ 25 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ބ.ފެހެންދޫ ކައުންސިލް އިދާރާގައެވެ. މިބައްދަލުވުމަށް ވަޑައިގެންނެވުން ލާޒިމެއްނޫނެވެ. ނަމަވެސް މިބައްދަލުވުމަށް ވަޑައިގެންނެވުމަކީ އެދެވިގެންވާ ކަމެކެވެ.

ބިޑް ވެލިޑިޓީ އަދި ބިޑްހުޅުވުން:

ބިޑްތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބިޑްގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން މަދުވެގެން 30 ދުވަސް އޮންނަންވާނެއެވެ. ބިޑް ހުށަހެޅުން އޮންނާނީ 2025 އޮކްޓޫބަރ 06 ވާ ހޯމަ ދުވަހުގެ  11:00 ގައި ބ. ފެހެންދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައެއް ނުގަނެވޭއެވެ. އަދި ބިޑްހުޅުވުން އޮންނާނީ ބިޑް ހުށަހަޅުއްވާ ދުވަހު އެ ހުށައެޅުއްވި ފަރާތްތަކުގެ ޙާޟިރުގައި އެގަޑީގައެވެ. އަދި ބިޑް ހުށަހަޅުއްވަން ވެރިފަރާތްނޫން އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއާއި، ވެރިފަރާތުގެ އިއުތިރާޟެއް ނެތްކަމުގެ ލިޔުން ހުށަހަޅުއްވަން ވާނެއެވެ. އިތުރު މަޢުލޫމަތު ސާފުކުރައްވަން ބޭނުން ފުޅުވާނަމަ މިއިދާރާގެ އީމެއިލް: [email protected] ނުވަތަ ފޯނު ނަމްބަރ: 6600058 އަށް ގުޅުއްވުން އެދެމެވެ.

                               30 ރަބީޢުލްއައްވަލް 1447

22 ސެޕްޓެންބަރު 2025