މަސައްކަތް
ނަންބަރު: (IUL)475-Admin/475/2025/192
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 16:18
ސުންގަޑި: 10 އޮކްޓޫބަރު 2025 14:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
"ވަރަ އެކްސްޕޯ" ގައި ބައިވެރިވުމަށް އެދޭ އެގްޒެބިޓަރސް ރަޖިސްޓަރީ ކުރުމާއި ގުޅޭ

ދިވެހި ޒުވާނުންގެ ހުނަރުވެރިކަން އިތުރުކޮށް، ތަމްރީނުދީ، ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދުމުގެ ގޮތުންނާއި، މި މިނިސްޓްރީގެ މަސްޢޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މި އަހަރުވެސް ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށް "ވަރަ އެކްސްޕޯ" ގެ ނަމުގައި ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އެކްސްޕޯ ގައި ބައިވެރިވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ އެގްޒެބިޓަރސް 10 އޮކްޓޯބަރ 2025 ގެ ކުރިން ވެބްސައިޓް (https://www.varaexpo.mv/) މެދުވެރިކޮށް، ތިރީގައި ބަޔާންކޮށްފައިވާ ކެޓަގަރީތަކުގައި ރަޖިސްޓަރީވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މި އެކްސްޕޯއާ ގުޅޭ އިތުރު މަޢުލޫމާތު ވެބްސައިޓް އިން ލިބިވަޑައިގަންނަވާނެއެވެ.

* މި އެކްސްޕޯ ގެ ކަލިނަރީ ކެޓަގަރީގައި ބައިވެރިވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ އެގްޒެބިޓަރސް އަށް 6/8  ފޫޓުގެ ސަރަހައްދެއް 3 ދުވަހަށް -/3000ރ ރުފިޔާ އަށް ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި ކެޓަގަރީ އަށް ވެބްސައިޓް (https://www.varaexpo.mv/) މެދުވެރިކޮށް ރަޖިސްޓަރީ ވުމުގެ ފުރުޞަތު 10 އޮކްޓޯބަރ 2025 ގެ ނިޔަލަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. އަދި މި އެކްސްޕޯއާ ގުޅޭ އިތުރު މަޢުލޫމާތު ވެބްސައިޓް އިން ލިބިވަޑައިގަންނަވާނެއެވެ.

 

ކެޓަގަރީ

ކެޓަގަރީގެ ނަން

ތަފްސީލް

ކެޓަގަރީ 1

ކެރިއަރ ހަބް

ކުންފުނިތަކާ ގުޅުން ބަދަހިކުރުމާއި، ވަޒީފާގެ ފުރުޞަތުތައް ހޯދުމާއި، އަދި ކެރިއަރ އާއި ގުޅޭ ލަފާ ހޯދުމަށް

ކެޓަގަރީ 2

އެޑިޔުކޭޝަން ޕްރޮވައިޑަރ

އެންމެ މަތީ ފެންވަރުގެ ޔުނިވަރސިޓީތަކާއި، ކޮލެޖުތަކާއި އަދި ތަމްރީނު ދޭ މުއައްސަސާތަކުން ހިންގާ ކޯސްތަކާއި ޕްރޮގްރާމްތައް ބަލައި ދިރާސާކުރުމަށް

ކެޓަގަރީ 3

ސްކިލްސް އެކްސްޕީރިއަންސް

އަމަލީ ގޮތުން ބައިވެރިވެވޭ ވާރކްޝޮޕްތަކާއި، ޓެކްނޮލޮޖީގެ ޑެމޯތަކާއި، އަދި ހުނަރުތަކަށް ބިނާކޮށްފައިވާ ގޮންޖެހުންތަކުގައި ބައިވެރިވެ ތަޖުރިބާ ހޯދުމަށް

ކެޓަގަރީ 4

ކަލިނަރީ އެންޑް އެންޓަރޓެއިންމަންޓް

ރަހަމީރު ކާނާއާއި، މިއުޒިކާއި އަދި މުނިފޫހިފިލުވުމުގެ ކަންކަން ތަޖުރިބާކުރުމަށް

21 ސެޕްޓެންބަރު 2025