ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)449/449/2025/57
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 15:20
ސުންގަޑި: 28 ސެޕްޓެންބަރު 2025 12:00
މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
އެސޯސިއޭޓް ސޯޝަލް ވަރކަރ

 

އިޢުލާން

 މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

އެސޯސިއޭޓް ސޯޝަލް ވަރކަރ

މަޤާމުގެ ނަންބަރު

-

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 5 - ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

ޕްރިވެންޓިވް އެންޑް ޕޭޝަންޓް ކެއަރ /  ކައުންސެލިން ސާރވިސަސް

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވިއަން ބްލަޑް ސަރވިސަސް

މުސާރަ

-/9514  ރުފިޔާ

މަގާމުގެ އެލަވަންސް

-/ 4440 ރުފިޔާ

ޙާޟިރީ ޢިނާޔަތް

-/120 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 މޭ 2023 އިސްލާހާއި އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ތެލަސީމިއާ ބަލީގެ ނިސްބަތް މަދުކުރުމަށް ހިންގޭ އެކިއެކި ޕްރޮގްރާމްތަކުގައި ބައިވެރިވެ އެހީތެރިވުން. ސްކޫލްތަކާއި، ޝަރުޢީ ކޯޓްތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި އަދި މަތީ ތަޢުލީމު ދޭ މަރުކަޒުތަކާ ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް ބޭއްވުމާއި، މީޑިއާ މެދުވެރިކޮށް މަޢުލޫމާތު ފެތުރުމާއި، ޞިއްޙީ ހިދުމަތްތެރީންނާއި، ސެކްޓަރތަކަށް އަދި ޢާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގޭ ހަރަކާތް ތަކުގައި ބައިވެރިވުން.
  2. ތެލަސީމިއާ ބަލިމީހުންނަށް ޞިއްޙީ ފަރުވާ ދިނުމުގައި ދިމާވާ އިޖްތިމާޢީ މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ޙައްލުކުރުމަށް ޚިދުމަތް ހޯދާ މީހާ ނުވަތަ ބަލިމީހާ އަދި ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރުމުގައި ޕްރޮގްރެސް ބަލައި، ޙައްލު ހޯދުމަށްޓަކާއި އުސޫލުތަކާ އެއްގޮތަށް އަދި ސުޕަރވައިޒަރުގެ ގެ އިރުޝާދު ހޯދައިގެން މަސައްކަތް ކުރުން. އެގޮތުން، ސޯޝަލް ސާރވިސް ދޭންޖެހޭ ޕޭޝަންޓް/ކްލައިންޓުންގެ ކޭސް ފައިލް ތައްޔާރުކޮށް، ޚިދުމަތް ނުވަތަ ފަރުވާގެ ޕްލޭން ކަނޑައަޅައި، އެއްގޮތަށް ފަރުވާގެ ކަންކަން ކުރިޔަށް ގެންދިޔުމުގައި އެހީތެރިވެ ރިކޯޑްތައް އަދާ ހަމަކުރުން.
  3. ތެލަސީމިއާ ބަލިމީހުންގެ އިޖްތިމާޢީ އަދި ނަފްސާނީ ޙާލަތު ވަޒަންކުރުމަށް އެސެސްމަންޓްތައް ހެދުމުގައި ކައުންސެލަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ބަލިމީހުން ދިރިއުޅޭ ގެތަކަށް ހުއްދައާއެކު ގަވައިދުން ޒިޔާރަތްކޮށް، އެފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ދެނެގަތުމާއި، ވަކިވަކި ފަރުދުންނާ ބައްދަލުކޮށް އިންޓަވިއު ކުރުން އަދި ޝޯޝަލް ވާރކާ ގުޅުން ހުރި މައްސަލަތަކަށް ހައްލު ގެނައުމަށް މަސައްކަތް ކުރުން.
  4. ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރާއި އަދި ކައުންސިލިންގ ސާރވިސްގެ ރަޖިސްޓްރީގައި ހިމަނާފައިވަ ބަލިމީހުންގެ މަޢުލޫމާތު ގަވާއިދުން ބަލައި، އެފަރާތްތަކުގެ ޙާލަތަށް އަންނަ ބަދަލުތައް ދެނެގަތުން. ބަލިމީހުންގެ ފަރުވާއަށް ނުވަތަ ދިރިއުޅުމުގެ ފެންވަރަށް އަސަރުކުރާފަދަ ބަދަލެއް އާދޭތޯ ގަވައިދުން ބަލައި، ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން އަޅަންޖެހޭ ފަންނީ އަދި އިންތިޒާމީ ފިޔަވަޅުތައް އެޅުން. މީގެ ތެރޭގައި އިތުރު އިޖްތިމާޢީ އެހީތެރިކަން ހޯދައިދިނުމާއި، ޞިއްޙީ ފަރުވާ ހޯދުމަށް އެހީތެރިވުމާއި، އެހެނިހެން ކަމާގުޅޭ ފަރާތްތަކާއި އަދި އިދާރާތަކަށް އެކަން ކަން އަންގައި ހަމަޖެހިފައިވާ ނިޒާމެއްގެ ތެރެއިން ހިދުމަތް ފޯރުކޮށް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ނިންމުން.
  5. ތެލަސީމިއާ ބަލިމީހުންނާ ގުޅޭ ތަފާސް ހިސާބުތަކާއި މަޢުލޫމާތު އެއްކޮށް، ދިރާސާ ރިޕޯޓުތަކާއި އެހެނިހެން ޕަބްލިކޭޝަންތައް ތައްޔާރު ކުރުމަށް ބޭނުންވާ ޑޭޓާ އެއްކުރުމާއި ސާފުކުރުމާއި އަދި އެނަލައިޒްކޮށް ނަތީޖާ ރިޕޯރޓް ކޮންމެ މަހަކު ހުށަހެޅުން.  ބަލިމީހުންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ޙާލަތު، ފަރުވާގެ ޕްރޮގްރާމްތަކުގެ ކާމިޔާބީ، އަދި އެހެނިހެން މުހިންމު މަޢުލޫމާތައް ސައްޙަ ކަން ކަށަވަރުކޮށް ރެކޯޑުކޮށް، ދިރާސާކުރުމަށް ފަސޭހަވާނެ ގޮތަށް ތަރުތީބުކުރުން.
  6. ތެލަސީމިއާ ބަލިމީހުންނާއި އަދި އާއިލާތަކަށް ގަވާއިދުން ގުޅައި، އެފަރާތްތަކުގެ ޙާލު އަހައި އޮޅުން ފިލުވައި، ޒިޔާރަތްކޮށް، ދިމާވާ ދަތިތަކާއި ބޭނުންތައް ދެނެގަނެ، ބަލި މީހުންނަށް ބޭނުންވާ އިޖްތިމާޢީ، އިޤްތިޞާދީ، އަދި ނަފްސާނީ އެހީތެރިކަން ފާހަގަކޮށް، އެ އެހީތެރިކަން ފޯރުކޮށް ދިނުމަށް މަސައްކަތްކުރުމާއި، ފޯރުކޮށްދެވޭ އެހީތެރިކަމުގެ ފެންވަރު ބަލައި، އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް ސުޕަރވައިޒަރުގެ އިރުޝާދުގެ ދަށުން ކަމާ ގުޅުންހުރި އިދާރާތަކާއި، ފަރުދުންނާއި އަދި އެކިއެކި ފަރާތްތަކަށް ލިޔުމުން ހުށައެޅުން.
  7. ސޯޝަލް ވަރކާއި އަދި ކަމާގުޅުން ހުރި މަސައްކަތްތަކާ ގުޅޭ ބައްދަލުވުންތަކުގެ ސެކެޓްރިއޭޓް މަސައްކަތް ކުރުމުގައި އަމިއްލަ އިސްނެގުމާއެކު، ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ފުރިހަމަ ކުރުމާއެކު، އެ މަސައްކަތްތަކާ ގުޅޭ ހުރިހާ ލިޔެކިޔުންތަކާއި ރިކޯޑުތައް ބެލެހެއްޓުން.
  8. ތެލަސީމިއާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް ބޭއްވޭ ސެޝަންތަކުގެ މަޢުލޫމާތު ތައްޔާރުކުރުމާއި، ޕްރެޒެންޓޭޝަންތައް ހެދުމާއި، މީޑިއާ ގުޅޭ ކަންކަން ކުރުމާއި، ޕްރޮމޯޝަނަލް މަސައްކަތްތައް ފުރިހަމަކޮށް، މީޑިއާ އަދި ސޯޝަލް މީޑިއާ ޕްލެޓް ފޯރމްތައް ބޭނުންކުރާ މީހުންނާއި، އަދި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށް ދިނުން އަދި ސެޝަންތައް ރޭވުމުގައި އިސްނަގައި އެހީތެރިވުން.
  9. ކައުންސިލިންގ ސާރވިސަސްގައި ދުވަހުން އަމިއްލައަށް އިސްނަގައިގެން ކުރަންޖެހޭ އިދާރީ އަދި ފަންނީ މަސައްކަތްތައް ކުރުން. މީގެތެރޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ފައިލްކުރުމާއި، ޕްރޮޕޯރސަލް އަދި އުސޫލު ޑްރާފްޓް ކުރުމާއި، ބަލިމީހުންގެ އެޕޮއިންޓްމަންޓްތައް ހަމަޖެއްސުމާއި، ބޭނުންވާ ތަކެއްޗެއް އެދުމާއި، ހަވާލުވުމާއި އަދި ބެލެހެއްޓުމުގައި އެހީތެރިވުން.
  10. ޞިއްޙީ އަދި އެހެނިހެން ކުއްލި ކާރިސާތަކާއި، ހާދިސާތަކުގައި ހަރަކާތް ތެރިވާނެ ގޮތުގެ ޕްލޭންތަކާއި ހަރަކާތްތައް އެކަށައެޅުމުގެ މަސައްކަތް ކުރުމުގައި އެހީތެރިވުމާއި، އެފަދަ ކާރިސާ ތަކާއި އަދި ހާދިސާތަކުގައި ހަވާލުކުރާ މަސައްކަތް ފުރިހަމަ ކުރުން.
  11. ޑިރެކްޓަރ ޖެނެރަލް ހަވާލުކުރާ ޙާއްސަ ފަންނީ މަސައްކަތްތައް ކުރުމާއި އެ ފަދަ މަސައްކަތްތަކުރުމުގައި އެފަރާތުން ކަނޑައަޅާ ފަރާތްތަކަށް ގަވައިދުން ރިޕޯރޓްކުރުމާއި އަދާހަމަ ދިނުން.

 

މަޤާމުގެ ޝަރުތުތައް

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަގާމަށް ޢައްޔަންކުރާއިރު ބޭނުންވާ

ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމު ތަމްރީނުތައް

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީކޮށް، ލައިސަންސް ލިބިފައިވުން

ތަޢުލީމީ ދާއިރާ:

  • ސޯޝަލް ވަރކް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ސޯޝަލް ސަރވިސަސް

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

7.  މުއްދަތު ހަމަނުވާ ލައިސަންސް އަދި ރެޖިސްޓްރޭޝަން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 28  ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހު 12:00 ގެ ކުރިން [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި        އިމްތިޙާނުއޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އަދި އެސެސްމަންޓް އޮންނާނީ، އޮކްޓޯބަރ މަހުގެ ތެރޭގައި  މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected]   އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3350155ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]   އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

21 ސެޕްޓެންބަރު 2025