ދިވެހިރާއްޖެ
އިޢުލާން
ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ދަށުން އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތައް ހޯދުން
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، މިރަށުގައި އަމިއްލަ ގޯތީގައި ހައުސިންގް ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ބޭނުންވެއެވެ.
ވީމާ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އަމިއްލަ ގޯތީގައި ހައުންސިންގ ޔުނިޓް އެޅުމަށް ބޭނުންވާ ފަރާތްތަކުން، 09 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، އެކަމަށް ޚާއްސަކުރެވިފައިވާ ފޯމު މެދުވެރިކޮށް މަޢުލޫމާތު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޚާއްސަ ކުރެވިފައިވާ ފޯމު މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެ ވާހަކަ މައުލޫމާތައްޓަކައި ދަންނަވަމެވެ. އޮންލައިމްކޮށް ފޯމު ހުށަހެޅުއްވުމަށް ބޭނުންވެލައްވާ ފަރާތްތަކުން [email protected] އަށް، ފޯމު މެއިލް ކުރެއްވުން އެދެމެވެ.