މުބާރާތް
ނަންބަރު: (IUL)409/409/2025/65
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:12
ސުންގަޑި: 24 ސެޕްޓެންބަރު 2025 14:00
ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރާވެރިޔާ ވޮލީ މުބާރާތް 2025 ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުމާއި ގުޅޭގޮތުން

                              މިކައުންސިލުން އިސްނަގައިގެން ގއ، ގދ، ސ އަދި ޏ އަތޮޅަށް ހުޅުވާލައިގެން ބާއްވާ "ރާވެރިޔާ ވޮލީ މުބާރާތް 2025" ގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން 24 ސެޕްޓެމްބަރ 2025 ވަނަ ދުވަހަށް މުއްދަތު އިތުރުކުރެވިފައިވާ ވާހަކަ އެންމެހާ ރަށްތަކުގެ މައޫލޫމާތައްޓަކައި ދަންނަވަމެވެ.

          ވީމާ، މިމުބާރާތުގައި ބައިވެރިވެލައްވަން ބޭނުންވާ ޓީމްތަކުން 24 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވާން އެދި ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިމުބާރާތުގެ ހިންޤާ ޤަވާއިދާއި، މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް އަދި ޓީމް ލިސްޓް ހުށަހަޅާ ފޯމް ދިވެހި ސަރުކާރުގެ ގެޒެޓުންނާއި ކައުންސިލް އިދާރާއިން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ. އަދި މިމުއްދަތުގެ ފަހުން ދެން އެއްވެސް ޓީމަކަށް ބައިވެރިވުމުގެ ފުރުސަތު ދެވެން ނެތް ވާހަކަވެސް އެންމެހާ ރަށްތަކުގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

       މިމުބާރާތާއި ބެހޭ އިތުރު މައުލޫމާތު ސާފްކުރެއްވުމަށް ބޭނުންފުޅުވާނަމަ ކައުންސިލްގެ މެމްބަރ ޒިޔާދު މުޙައްމަދު  (ފޯން: 9114482) އާއި ގުޅުއްވުން އެދެމެވެ.

        މިހެންވެ، މިކަންއާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                                                29 ރަބީޢުލްއައްވަލް   1447

21 ސެޕްޓެންބަރު 2025