ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)449/449/2025/58
ޕަބްލިޝްކުރި ތާރީޚް: 21 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:14
ސުންގަޑި: 28 ސެޕްޓެންބަރު 2025 12:00
މޯލްޑިވިއަން ބްލަޑް ސަރވިސަސް
ދިވެހިރާއްޖެ
ކައުންސެލިންގ އެސޯސިއޭޓް

 

އިޢުލާން

 މޯލްޑިވިއަން ބްލަޑް ސަރވިސަސްގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ކައުންސެލިންގ އެސޯސިއޭޓް

މަޤާމުގެ ނަންބަރު

-

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޕަބްލިކް ސަރވިސް ރޭންކް 5 - ސްޓެޕް 1

ޑިވިޝަން/ ސެކްޝަން

ޕްރިވެންޓިވް އެންޑް ޕޭޝަންޓް ކެއަރ /  ތެލަސީމިއަރ ޕޭޝަންޓް ކެއަރ ސެންޓަރ

ވަޒީފާ އަދާކުރަންޖެހޭ ތަން

މޯލްޑިވިއަން ބްލަޑް ސަރވިސަސް

މުސާރަ

-/ 9514  ރުފިޔާ

މަގާމުގެ އެލަވަންސް

-/ 4440 ރުފިޔާ

ޙާޟިރީ ޢިނާޔަތް

-/120 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 މޭ 2023 އިސްލާހާއި އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ތެލަސީމިއާ ބަލި މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ރައްކާތެރި ކުރުމާއި އަދި ކުރި އެރުވުމުގެ ގޮތުން، ކުރު މުއްދަތުގެ ސަޕޯޓިވް ކައުންސެލިންގ ދިނުމުގައި އެހީތެރިވުމާއެކު އެ މަސައްކަތް ޤަވާޢިދުން ފުރިހަމަ ކުރުން.
  2. ތެލަސީމިއާ ބަލި މީހުންގެ ޕްރައިމަރީ މެންޓަލް ސްޓޭޓަސް ސްކްރީން ކުރުމާއި، ބޭސިކް އެސެސްމަންޓް ފުރިހަމަ ކުރުން އަދި މެޑިކަލް ސްޕެޝަލިސްޓުންނަށް ރިފަރ ކުރަންޖެހޭ ހާލަތްތައް ދެނެގަނެ  ސުޕަރވައިޒަރުގެ ލަފާގެ މަތިން ރިފާރ ކުރަން ޖެހޭ ހާލަތުގައި ރިފާރ ކުރުން.
  3. ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރާއި އަދި ކައުންސިލިން ސާރވިސަސްއާ ގުޅޭގޮތުން ޙަވާލުކުރެވޭ މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ފުރިހަމަކުރުމާއި، އެކަމާގުޅޭ ލިޔެކިޔުންތަކާއި ރެކޯޑުތައް އަދާހަމަކޮށް ބެލެހެއްޓުމުގެ އިތުރުން، އެ ލިޔެކިޔުންތަކުން ތަފާސްހިސާބު އެއްކޮށް، ޤަވާޢިދުން ރިޕޯޓުތަކުގެ ޑްރާފްޓް ތައްޔާރުކުރުމުގެ މަސައްކަތުގައި އެހީތެރިވުން.
  4. ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރުގެ ދުވަހުގެ މަސައްކަތްތައް ފުރިހަމަކުރުމާއެކު، ކަމާގުޅޭ ފޯމުތައް ފުރިހަމަކޮށް، ބަލިމީހުންނާއި އެމީހުންގެ ޢާއިލާތަކާ މުޢާމަލާތްކޮށް މަޝްވަރާކުރުމާއި، ބަލިމީހުންގެ ޙާލަތު މޮނިޓަރކޮށް، ކޮންމެ ބަލިމީހެއްގެ ރެކޯޑުތަކާއި އަދި ތަފާސްހިސާބުތައް ދުވަހުން ދުވަހަށް އަދާހަމަކުރުން.
  5. ތެލަސީމިއާ ޕޭޝަންޓް ކެއަރ ސެންޓަރުގައި ރަޖިސްޓަރީކޮށްފައިވާ ބަލިމީހުންގެ މަޢުލޫމާތު ގަވާއިދުން ބަލައި، އެފަރާތްތަކުގެ ޙާލަތަށް އަންނަ ބަދަލުތައް ދެނެގަނެ، ބަލިމީހުންނަށް ބޭނުންވާ އިޖްތިމާޢީ، އިޤްތިޞާދީ، އަދި ނަފްސާނީ އެހީތެރިކަން ފާހަގަކޮށް، އެ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމާއެކު، ފަރުވާއަށް ނުވަތަ ދިރިއުޅުމުގެ ފެންވަރަށް އަސަރުކުރާފަދަ ބަދަލެއް އަތުވެއްޖެނަމަ، ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އިތުރު އިޖްތިމާޢީ އެހީތެރިކަން ހޯދައިދިނުމާއި، ޞިއްޙީ ފަރުވާ ހޯދުމަށް އެހީތެރިވުމާއި، އެހެނިހެން ކަމާގުޅޭ ސެކްޝަންތަކަށް ރިފަރކޮށް ނުވަތަ ވިލަރެސްކޮށް، ފޯރުކޮށްދެވޭ އެހީތެރިކަމުގެ ފެންވަރު ބަލައި، އިތުރަށް ރަނގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް ކަމާ ގުޅުންހުރި ފަރާތްތަކަށް ލިޔުމުން ހުށަހެޅުން އަދި ފޮލޮއަޕް ހެދުން.
  6. ތެލެސީމިއާ ބަލިމީހުންނަށާއި، ބެލެނިވެރިންނާއި އަދި ޢާއިލާގެ މެންބަރުންނަށް، އެ ބައްޔާ ގުޅިގެން ނަފްސާނީ އަދި އިޖުތިމާޢީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާއި، ދިރިއުޅުމަށް އަންނަ ބަދަލުތައް ދެނެގަނެ، އެކަންކަމާ ކުރިމަތިލާނެ ގޮތްތަކާއި ބެހޭގޮތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި އަދި އިވެލުއޭޓް ކުރުމުގައި އެހީތެރިވެ އެ މަސައްކަތް ކުރުން.
  7. ތެލެސީމިއާ ބަލިމީހުންނަށް ކުރިމަތިވެދާނެ ނަފްސާނީ ދަތިތައް ދުރާލާ ދެނެގަނެ، އެފަދަ ކަންކަމަށް އަވަސް ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން އަދި އެހީތެރިކަމާއި ފަރުވާ ދިނުމަށްޓަކައި، ޞިއްޙީ ޙިދުމަތްތެރިންނާ ވިލަރެސްކުރުމާއި، ބައްދަލުވުންތައް ބޭއްވުމާއި، ޔައުމިއްޔާ ޑްރާފްޓް ކުރުމާއި އަދި ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ފުރިހަމަކުރުމުގައި އެހީތެރިވުން.
  8. ތެލެސީމިއާ ބަލިމީހުންނާއި އަދި އާއިލާތަކުގެ ނަފްސާނީ އަދި ޞިއްޙީ ދުޅަހެޔޮކަން އިތުރު ކުރުމަށާއި، އެ ބަލި ކޮންޓްރޯލްކޮށް މަދުކުރުމަށްޓަކައި އެކަށީގެންވާ ނަފްސާނީ ދުޅަހެޔޮކަމުގެ ޕްރޮގްރާމްތައް ހިންގުމާއި، އެޑްވޮކަސީ، އެޑިއުކޭޝަން އަދި މީޑިއާ ހަރަކާތްތައް ހިންގުމުގައިވެސް އެހީތެރިވުމާއި އެކު އެ މަސައްކަތް ފުރިހަމަކުރުން.
  9. ތެލަސީމިއާ ބަލި މީހުންނާއި އަދި ޚިދުމަތް ހޯދާމީހުންގެ ޞިއްޙީ، ނަފްސާނީ އަދި އިޖުތިމާޢީ މަޢުލޫމާތު ހޯދައި، އެ މައްޗަށް ބިނާކޮށް، ޑޮކްޓަރުންނާއި ކައުންސެލަރުންނަށް މަޢުލޫމާތު ހިއްސާ ކުރުމާއި، މެދު ނުކެނޑި ފަރުވާ ކުރިއަށް ގެންދިޔުމަށް އެޕޮއިންޓްމަންޓްސް ހަމަޖެއްސުމުގެ ކަންކަން މަގުފަހި ކުރުމާއި، މަސައްކަތާއި ގުޅޭ ރިކޯޑްތައް ބެލެހެއްޓުމާއި އަދި ވިލަރެސް ކުރުން.
  10. ތެލަސީމިއާ އެންޑް އަދަރ ހިމޮގްލޯބިނޯޕަތީސްއާ ގުޅޭގޮތުން، ކުރިޔަށް ގެންދަން ޖެހޭ "ޞިއްޙީ ރައްކާތެރިކަމާއި" އަދި "ހޭލުންތެރިކުރުމުގެ" މަސައްކަތްތަކުގައި، ކަމާބެހޭ ސިއްޙީ އިދާރާތަކާއި، މުއައްސަސާތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި އަދި އެހެނިހެން ސެކްޝަންތަކާ ގުޅިގެން މަސައްކަތްތައް ފުރިހަމަ ކުރުމުގައި ސުޕަރވައިޒަރަށް އެހީތެރިވުމާއެކު ހަވާލުކުރާ މަސައްކަތްތައް ނިންމުން.
  11. ޞިއްޙީ އަދި އެހެނިހެން ކުއްލި ކާރިސާތަކާއި، ހާދިސާތަކުގައި ހަރަކާތް ތެރިވާނެ ގޮތުގެ ޕްލޭންތަކާއި ހަރަކާތްތައް އެކަށައެޅުމުގެ މަސައްކަތް ކުރުމުގައި އެހީތެރިވުމާއި، އެފަދަ ކާރިސާ ތަކާއި އަދި ހާދިސާތަކުގައި ހަވާލުކުރާ މަސައްކަތް ފުރިހަމަ ކުރުން.

 

މަޤާމުގެ ޝަރުތުތައް

މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލުކުރާ، މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ތަޢުލީމީ ދާއިރާ:

  • އެޑިކްޝަން ކައުންސެލިންގ
  • އެޕްލައިޑް ބިހޭވިއަރ އެނަލިސިސް
  • ބިހޭވިއަރަލް ސައިކޮލޮޖީ
  • ކްލިނިކަލް މެންޓަލް ހެލްތް ކައުންސެލިންގ
  • ކްލިނިކަލް ސައިކޮތެރަޕީ
  • ކައުންސެލިންގ
  • ކައުންސެލިންގ އެންޑް ސައިކޮތެރަޕީ
  • ކައުންސެލިންގ ޗިލްޑްރަން އެންޑް ޔަންގް ޕީޕަލް
  • ކައުންސެލިންގ ސައިކޮލޮޖީ
  • މެރިޖް އެންޑް ފެމިލީ ކައުންސެލިންގ
  • މެރޭޖް އެންޑް ފެމިލީ ތެރެޕީ
  • މެންޓަލް ހެލްތް ކައުންސެލިންގ
  • ސައިކޯތެރަޕީ
  • ސައިކޮތެރަޕީ ކައުންސެލިންގ
  • ރިހެބިލިޓޭޝަން ކައުންސެލިންގ
  • ސްކޫލް ކައުންސެލިންގ
  • ތެރަޕިއުޓިކް ކައުންސެލިންގ

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ކައުންސެލިންގ

މަގާމަށް ޢައްޔަންކުރާއިރު ބޭނުންވާލައިސަންސްތަކާއި ފުރިހަމަކުރުންލާޒިމު ތަމްރީނުތައް

  • މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީކޮށް، ލައިސަންސް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)

  6. އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީވެފައިވާ (ކައުންސެލިންގ ރަޖިސްޓްރޭޝަން މުއްދަތު ހަމަނުވާ)

  7. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 28 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހު 12:00 ގެ ކުރިން [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު  އަދި        އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އަދި އެސެސްމަންޓް އޮންނާނީ، އޮކްޓޯބަރ މަހުގެ ތެރޭގައި  މޯލްޑިވިއަން ބްލަޑް ސަރވިސަސް އިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ވަޒީފާއަށް ކުރިމަތިލީ

ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް[email protected]   އަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ  3350155ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected]   އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

21 ސެޕްޓެންބަރު 2025