ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-LH/23/2025/315
ޕަބްލިޝްކުރި ތާރީޚް: 20 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:44
ސުންގަޑި: 20 އޮކްޓޫބަރު 2025 14:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ޤާނޫނު ނަމްބަރ 2015/29 (ސިއްޙީ ޚިދުމަތްދިނުމުގެ ޤާނޫނު) ގައި ބަޔާން ކުރާ ޞިއްޙީ ޚިދުމަތްތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ - ހެލްތު އެސްޓެބްލިޝްމަންޓު މެނޭޖްމަންޓު ސިސްޓަމް ބޭނުންކުރުމާ ގުޅޭ

އިޢުލާން

        މިމިނިސްޓްރީގެ ފަރާތުން ތައްޔާރުކޮށްފައިވާ ލައިސަންސިން ސޮފްޓުވެއަރ (ހެލްތު އެސްޓެބްލިޝްމަންޓު މެނޭޖްމަންޓު ސިސްޓަމް) 17 ސެޕްޓެމްބަރ 2025 ގައި ވަނީ އިފްތިތާޙު ކުރެވިފައެވެ.

        އެހެންކަމުން، ޞިއްޙީ ފަރުވާދޭ ތަންތަން ރަޖިސްޓްރީ ކުރުމާއި ލައިސަންސް ހޯދުމާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ދަފްތަރުގައި ފަންނީ މަސައްކަތްތެރިން ހިމެނުމާއި، އުނި ކުރުމާއި، އިޝްތިހާރު ފާސް ކުރުމަށް އެދުމާއި، މެޑިކަލް ކޭޕްމްތައް ބޭއްވުމުގެ ހުއްދައަށް އެދުމުގެ އެންމެހާ ކަންކަމަށް އެދޭނީ މި ސިސްޓަމް މެދުވެރިކޮށެވެ. މީގެ އިތުރުން އެދިފައިވާ ޚިދުމަތްތަކަށް ހުއްދަ ދިނުމުގެ މަރުހަލާތައް، މިކަމަށް ހުށައަޅާ ފަރާތަށް މި ސިސްޓަމް މެދުވެރިކޮށް ބަލާލެވޭނެ ކަމުގައި ދަންނަވަމެވެ. އަދި މި ސިސްޓަމްގައި ރަޖިސްޓްރީ ވެވޭނީ އީފާސް މެދުވެރިކޮށް ކަމުގައި ވެސް ދަންނަވަމެވެ.

        ވީމާ، 22 ސެޕްޓެމްބަރ 2025 ވަނަ ދުވަހުން ފެށިގެން މި ސިސްޓަމް މެދުވެރިކޮށް ޚިދުމަތްތަކަށް އެދުމަށް ދަންނަވަމެވެ.

20 ސެޕްޓެންބަރު 2025