ދިވެހިރާއްޖެ
މި ކޮމިޝަނުގެ ސްޓްރެޓީޖިކް ޕްލޭން (2026 އިން 2030) އެކުލަވާލުމުގެ މަސައްކަތްކުރާނޭ ކޮންސަލްޓެންޓަކު ބޭނުންވެއްޖެއެވެ. މި މަސައްކަތްކުރުމަށް އެދޭ މީހުން 28 ސެޕްޓެންބަރު 2025 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ނިޔަލަށް، ސިވިލް ސަރވިސް ކޮމިޝަނުގެ ހިއުމަން ރިސޯސް ސެކްޝަނުގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
މުއްދަތު: |
މި މަސައްކަތް ނިންމުމަށް ކޮންޓްރެކްޓް ކުރެވޭނީ 31 ޑިސެންބަރު 2025 އާ ހަމައަށެވެ. ޕަރފޯމަންސްއަށް ބެލުމަށް ފަހު، ކޮމިޝަނަށް ބޭނުންވެއްޖެ ހިނދެއްގައި މުއްދަތު ހަމަވުމުން ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ. |
އުޖޫރަ: |
މަހަކު -/30،000 (ތިރީސް ހާސް ރުފިޔާ) |
މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
މި މަސައްކަތުގެ ތަފްސީލު ނުވަތަ "ޓާމްސް އޮފް ރިފަރެންސް" މި އޮފީހުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ. އަދި މި އިއުލާނާއެކު، އެޓޭޗުކުރެވިފައި ވެސް ވާނެއެވެ. |
މި މަސައްކަތްކުރުމަށް އެދޭ މީހުންގެ ޝަރުތުތައް: |
ސްޓްރެޓީޖިކް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ޕަބްލިކް ޕޮލިސީ ނުވަތަ ހިއުމަން ރިސޯސް ނުވަތަ މި ދާއިރާތަކާ ގުޅުންހުރި ދާއިރާއަކުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކްގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި، މިފަދަ އިދާރާއަކަށް ސްޓްރެޓީޖިކް ޕްލޭން އެކުލަވާމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން. ނުވަތަ، ސްޓްރެޓީޖިކް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ ޕަބްލިކް ޕޮލިސީ ނުވަތަ ހިއުމަން ރިސޯސް ނުވަތަ މި ދާއިރާތަކާ ގުޅުންހުރި ދާއިރާއަކުން މޯލްޑިވްސް ނެޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯކްގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި، މިފަދަ އިދާރާއަކަށް ސްޓްރެޓީޖިކް ޕްލޭން އެކުލަވާމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުން. ނޯޓު: ދިވެހި ސިވިލް ސަރވިސްގެ ޢިލްމާއި އެކްސްޕޯޝަރ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މި މަސައްކަތްކުރުމަށް އެދި ހުށަހަޅާ މީހުންގެ ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ ތައުލީމީ ސެޓުފިކެޓުތަކަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ ސެޓްފިކެޓްތަކަކަށް ވާންވާނެއެވެ. މިގޮތުން، ދަރިވަރު ކިޔަވާފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ކަމުގައިވީ ނަމަވެސް، ދަރިވަރު ކިޔަވާފައިވާ ކޯހުގެ ސެޓްފިކެޓް އެވޯޑިން ބޮޑީއަކީ ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒެއް ނަމަ، އެ ސެޓްފިކެޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ ސެޓްފިކެޓަކަށް ވާންވާނެއެވެ. އަދި ކޯސް ފުރިހަމަކުރިކަމުގެ ލިޔުން ހުށަހަޅާ ނަމަ، ފުރިހަމަކޮށްފައިވާ ކޯހުގެ ފެންވަރު ބަޔާންކޮށް އެ އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓް ހުށަހަޅަން ވާންވާނެއެވެ. (ށ) ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދުދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ސިޓީ ނަންބަރާއި ތާރީޚު ހިމަނާފައިވާ ނަމައެވެ. 5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދައުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". 6. މަސައްކަތުގެ ތަޖުރިބާގެ މުއްދަތު ހިސާބުކުރާނެ ގޮތާއި ޕޮއިންޓްދެވޭނެގޮތް "ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ ވަޒީފާތަކަށް މީހުން ހޯދުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2022 ފުރަތަމަ އިސްލާހު" ގައި ބަޔާންކުރެވިފައިވާނެއެވެ. 7. މަސައްކަތު ތަޖުރިބާ އަންގައިދޭ ޕޯޓްފޯލިއޯ. |