ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)475/475/2025/191
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 29 ސެޕްޓެންބަރު 2025 14:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - އޮޕަރޭޝަންސް އެންޑް ސޭފްގާރޑްސް އޮފިސަރ

ވަޒީފާގެ ފުރުސަތު

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަމުންދާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު' ޕްރޮޖެކްޓަށް އޮޕަރޭޝަންސް އެންޑް ސޭފްގާރޑްސް އޮފިސަރ މަޤާމަށް މީހަކު ހޯދުމަށް 01 ސެޕްޓެމްބަރ 2025 ގައި ކުރެވުނު ނަންބަރު (IUL)475/475/2025/177 އިއުލާނަށް އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް ހޮވިފައިނުވާތީ،  ޕްރޮޖެކްޓަށް އޮޕަރޭޝަންސް އެންޑް ސޭފްގާރޑްސް އޮފިސަރ މަޤާމަށް މީހަކު ހޯދުމަށް އަލުން އިއުލާންކުރަމެވެ.

މަޤާމް: އޮޕަރޭޝަންސް އެންޑް ސޭފްގާރޑްސް އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

 

ފެންވަރު ނުވަތަ ޝަރުތު:

މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މުސާރަ ކަނޑައެޅިފައިވާ ގޮތް އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު  ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް  3026982/3026975 އަށް ގުޅުއްވުން އެދެމެވެ.

 

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ސެޕްޓެމްބަރ 2025 ގެ މެންދުރު 14:00  ގެ ކުރިން، އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް، ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް/އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

     

ހުށަހަޅުއްވާއެޕްލިކޭޝަން އާއިއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތަށް.

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
  2. ސީ.ވީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
  4. އެކްރެޑިޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރތަކުގެ ކޮޕީ

މަޤާމަށް ހޮވުން:  - މި މަޤާމަށް ހޮވޭނީ ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު އިންޓަރވިއުއިން ފާސްވާ ފަރާތެކެވެ. މި މަޤާމަށް ބޭފުޅަކު ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، ފެބްރުއަރީ 2025 " ގައި ވާ ގޮތުގެ މަތިންނެވެ.

 

 

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއިހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާ

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

އުމަރު ޒާހިރު ބިލްޑިން،5 ވަނަ ފަންގިފިލާ

ފޯން: 3026975/3026982

އީމެއިލް : [email protected] 

18 ސެޕްޓެންބަރު 2025