ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)321/321/2025/222
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ތުޅާދޫން ދޫކުރުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް ޢާއްމުކުރުން

ބ.ތުޅާދޫން ދޫކުރުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓަށް އެދިފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް ޢާއްމުކުރުން

 

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މިރަށުގައި މިހާރު ޢިމާރާތް ކޮށްފައިވާ 100 ހައުސިންގ ޔުނިޓްގެ ތެރެއިން، ކެޓަގަރީ-އޭ (ބ. ތުޅާދޫގެ ރައްޔިތުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 92 ހައުސިންގ ޔުނިޓް) އަށާއި، ކެޓަގަރީ–ބީ (ބ. ތުޅާދޫއަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ 08 ހައުސިންގ ޔުނިޓް) އަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް މި އިޢުލާނާއެކު އާއްމުކުރީމެވެ.

އަދި ދަންނަވަމެވެ. ކެޓަގަރީ-އޭ (ތުޅާދޫގެ ރައްޔިތުންނަށް ޚާއްޞަ ކެޓަގަރީ) އަދި ކެޓަގަރީ-ބީ (ބ. ތުޅާދޫ އަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ކެޓަގަރީ) އަށް ކުރިމަތިލާފައިވާ ފަރާތްތަކަށް ޕޮއިންޓް ދީފައިވާ ގޮތުގެ ދާއިމީ ލިސްޓް، ކައުންސިލް އިދާރާގެ ރަސްމީ ފޭސްބުކް ޕޭޖުންނާއި، ދިވެހި ސަރުކާރުގެ ގެޒެޓުން ފެންނަށް ހުންނާނެއެވެ. އަދި ކައުންސިލް އިދާރާގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ.

މިހެންވެ މިކަން ޢާއްމުކޮށް އަންގައި އިޢުލާންކުރީމެވެ.

26 ރަބީޢުލްއައްވަލް 1447

18 ސެޕްޓެންބަރު 2025