ދިވެހިރާއްޖެ
ހއ. އިހަވަންދޫގައި، އެހެން ޒޯންތަކަށް ރަޖިސްޓަރީ ކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމަށް ވަގުތީ ހުއްދަ ދޫކުރުމުގެ އުޞޫލު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 211 ވަނަ ރަސްމީ އާންމު ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.
ވީމާ، ހއ. އިހަވަންދޫގައި އެހެން ޒޯންތަކަށް ރަޖިސްޓަރީ ކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމަށް ވަގުތީ ހުއްދަ ދޫކުރުމުގެ އުޞޫލުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުކުރަމުން ގެންދާނެކަމުގައި ދެންނެވީމެވެ.
މި އިޢުލާނާ އެކު، ހއ. އިހަވަންދޫގައި، އެހެން ޒޯންތަކަށް ރަޖިސްޓަރީ ކޮށްފައިވާ އެއްގަމު އުޅަނދު ދުއްވުމަށް ވަގުތީ ހުއްދަ ދޫކުރުމުގެ އުޞޫލާއި، އެހެން ޒޯންތަކަށް ރަޖިސްޓަރީ ކޮށްފައިވާ އެއްގަމު އުޅަނދު، އިހަވަންދޫގައި ދުއްވުމަށް ވަގުތީ ހުއްދައަށް
އެދޭ ފޯމު އާންމުކުރީމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.