ބީލަން
                	
                ނަންބަރު: (IUL)381-A/381/2025/66
                    ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2025
                    ޕަބްލިޝްކުރި ގަޑި:  12:20
                                            ސުންގަޑި: 
                            25 ސެޕްޓެންބަރު 2025 14:00
                        
                    
                ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކުޑަހުވަދޫގައި ޖަހާފައިވާ ކުރީގެ ޓީވީ އެންޓަނާ ދަނޑި ކައުންސިލުން ކަނޑައަޅާތަނެއްގައި ޖަހާދޭނެ ފަރާތެއް ހޯދުން
                                ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި އިދާރާއިން ދީފައިވާ މަޢުލޫމާތާއި އެއްގޮތައް ކުޑަހުވަދޫގައި ޖަހާފައިވާ ކުރީގެ ޓީވީ އެންޓަނާ ދަނޑި ކައުންސިލުން ކަނޑައަޅާތަނެއްގައި ޖަހާދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާނުކުރަމެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
 - ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 18 ސެޕްޓެމްބަރު 2025 އިން 25 ސެޕްޓެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ދުރުވެ ނުވަތަ އޮންލައިންކޮށް ބީލަން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ 150.00ރ އެވެ.
 - އޮންލައިންކޮށް ފައިސާ ދައްކަވައިގެން ރަޖިސްޓަރ ވާނަމަ، މި އިދާރާގެ އެކައުންޓަށް ޓްރާންސްފަރ ކުރެވޭނެއެވެ. އަދި ޓްރާންސްފަރ ކުރި ސްލިޕް ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
 - މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަން ފޮތް މެއިލް ކުރެވޭނެއެވެ.
 - ބީލަން ހޮވުމުގައި އިސްކަންދޭނީ ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ބީލަންތަކުގައި ސަރަހައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަންދިނުމުގެ އުސޫލުގެ ދަށުންނެވެ.
 - މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 29 ސެޕްޓެމްބަރު 2025 ވާ ހޯމަ ދުވަހުގެ 10:00 ގެ ކުރިން ބީލަންފޮތުގައިވާ މެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
 - އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 01 އޮކްޓޫބަރު 2025 ވާ ބުދަ ދުވަހުގެ 11:00 ގައި ކުޑަހުވަދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައެވެ.
 - ބީލަން ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
 
- ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
- އެކައުންޓް ނަންބަރު: 7730000135156
- އެކައުންޓް ނަން: 1430 Revenue 1
- ފޯން : 9781899
- އީމެއިލް: [email protected]
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
26 ރަބީޢުލް އައްވަލް 1447
                18 ސެޕްޓެންބަރު 2025