ދިވެހިރާއްޖެ
މި ވުޒާރާއަށް ބޭނުންވާ ވޭން ސަޕްލައި ކޮށްދިނުމާއިގުޅޭ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ވުޒާރާއަށް ބޭނުންވާ ވޭން ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު (IUL)491-CDS3/491/2025/114ގެ މައުލޫމާތު ކަރުދާހުގެ ސެކްޝަން 1 އެކެއްގައި ބާޔާންކޮށްފައިވާ އިތުރު މައުލޫމާތު ސާފުކުރުމަށް ދެވިފައިވާ ވަގުތު އަދި ބީލަން ހުށަހެޅުމަށް ދެވިފައިވާ ދުވަސް އަދި ވަގުތަށް ވަނީ ބަދަލު އައިސްފައެވެ. އަދި ސެކްޝަން 5ގެ ސްކޯޕްގައި އިތުރަށް ބޭނުންވާ މައުލޫމާތު ވަނީ ހިމެނިފައެވެ. އެހެން ކަމުން މިބަދަލުތަކާއި ގުޅިގެން އިސްލާޙް ކުރެވިފައިވާ މައުލޫމާތު ކަރުދާސްއާއި އެކީ އިއުލާން ކުރަމެވެ. ބީލަން ހުށަހެޅުމަށް ބޭނުންކުރަންވާނީ މިއުލާނުގައި ހިމެނިފައިވާ އެމެންޑަޑް އިންފޯމޭޝަން ޝީޓްއެވެ.
ވީމާ، މި ވޭން ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހުޅުވާލަމެވެ.
- އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުޅުވާ ފަރާތްތަކުން 18 ސެޕްޓެމްބަރ 2025ވާ ބުރާސްފަތި ދުވަހުގެ މެންދުރު15:00 ގެ ކުރިން ތިރީގައިވާ އީމެއިލް އެޑުރެސް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ.
- ބީލަންހުށަހެޅުމާއި ބީލަންހުޅުވުން އޮންނާނީ 22 ސެޕްޓެމްބަރ 2025ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގައެވެ. ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ފަދައިން ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ބާޠިލް ކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ.
މިމަސައްކަތާއިގުޅޭ މަޢުލޫމާތު ޝީޓް މިވުޒާރާގެ ވެބްސައިޓް www.infrastructure.gov.mv ގައި އަދި މިއިޢުލާނާއިއެކު ގެޒެޓުގައި ޝާއިޢުކޮށްފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ
- އަމީނީ މަގު، މާފަންނު
- ކ.މާލެ، 20392
- އީމެއިލް: [email protected]