މަސައްކަތް
ނަންބަރު: (IUL)312-A S/312/2025/61
ޕަބްލިޝްކުރި ތާރީޚް: 18 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 09:45
ސުންގަޑި: 28 ސެޕްޓެންބަރު 2025 11:00
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ޕޯލްޓްރީ ފާރމެއް ހެދުމަށް ހަމަޖެހިފައިވާ ސަރަހައްދުން، ރުއްގަސް ނަގައި ބިން ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

 

ކައުންސިލުން ޕޯލްޓްރީ ފާރމެއް ހެދުމަށް ހަމަޖެހިފައިވާ ސަރަހައްދުން، ރުއްގަސް ނަގައި ބިން ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން (ނަންބަރ: (IUL)312-F N/312/2025/60) އަށް އެއްވެސް ފަރާތަކުން ކުރިމަތި ލާފައިނުވާތީވެ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.

  1. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގަޑި ތަކަށް ހާޒިރުވެ މައުލޫމާތު ސާފުކުރުމަށް ފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
  • މަޢުލޫމާތު ދިނުމުގެ ސެޝަން: 22 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި ކައުންސިލްގެ މީޓިން ރޫމުގައި

 

  • އަންދާސީ ހިސާބު ހުށަހެޅުން:  28 ސެޕްޓެމްބަރ 2025 ވާ އާދީއްތަ  ދުވަހުގެ 11:00 ގައި ކައުންސިލްގެ މީޓިން ރޫމުގައި

 

2. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް، ހާޒިރުވާ ފަރާތްތަކުން އައިޑީކާޑް ގެންނަން ޖެހިލައްވާނެއެވެ، އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، އެކަން އެނގޭނެ ސިޓީއެއް، ކުންފުންޏަކުން ފޮނުވާނަމަ، ތަމްސީލުކުރަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ކުންފުނީގެ ސިޓީއަކާއެކު، ބަދަލުގައި ފޮނުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ސިޓީ އާއެކު ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިސިއްޔަތަކުންނެވެ.

 

3. މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިއެވެ. ސިޓީއުރައިގެ ބޭރުގައި " ޕޯލްޓްރީ ފާރމް ބިން ސާފުކުރުން"  މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެހާއި ފޯން ނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

 

4. އަންދާސީ ހިސާބާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ އަންދާސީ ހިސާބު ބާތިލް ކުރެވޭނެއެވެ.

 

25 ރަބީޢުލް އައްވަލް 1447

18 ސެޕްޓެމްބަރ 2025

                                                                 

                                                                 

18 ސެޕްޓެންބަރު 2025