ބީލަން
ނަންބަރު: (IUL)271-ESMS/271/2025/42
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 22:21
ސުންގަޑި: 25 ސެޕްޓެންބަރު 2025 13:00
މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިލަ އުތުރު ފުޓްސަލް ފިއެސްޓާ 2025ގެ މެޗްތައް ލައިވްކުރުމާއި އަދި މެޗް ކުޅެމުންދާއިރު ފޮޓޯ ނަގައިދޭނެ ފަރާތެއް ހޯދުމަށް

 

އިޢުލާން

 

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިލަ އުތުރު ފުޓްސަލް ފިއެސްޓާ 2025ގެ މެޗްތައް ލައިވްކުރުމާއި އަދި މެޗް ކުޅެމުންދާއިރު ފޮޓޯ ނަގައިދޭނެ ފަރާތެއް ހޯދުމަށް 

 

މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިލަ އުތުރު ފުޓްސަލް ފިއެސްޓާ 2025ގެ މެޗްތައް ލައިވްކުރުމާއި އަދި މެޗް ކުޅެމުންދާއިރު ފޮޓޯ ނަގައިދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ބީލަމުގައި ރަޖިސްޓްރީވުން:

 

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 18 ސެޕްޓެމްބަރ 2025 ބުރާސްފަތި ދުވަހުގެ 08:00ން ފެށިގެން 24 ސެޕްޓެމްބަރ 2025 އާދިއްތަ ދުވަހުގެ 12:00 އާއި ދެމެދު މިއިދާރާއަށް ވަޑައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

 

ލިންކް: https://forms.office.com/r/huA3gDQDnk

 

މަޢުލޫމާތު ދިނުން:

 

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް އަދި އަގު ހުށައަޅާ ފޯމް މިމަސައްކަތާއި ގުޅޭ މިއިއުލާނާއި އެކު އާންމު ކުރެވިފައިވާނެއެވެ.

 

ބީލަން ހުށަހެޅުން:

 

ބީލަން ހުޅުވުން އޮންނާނީ 25 ސެޕްޓެމްބަރ 2025 (ބުރާސްފަތި) ދުވަހުގެ މެންދުރު 13:00ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި، އީމެއިލްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް، އަދި މަޢުލޫމާތާއި ލިޔެކިޔުން ފުރިހަމަނުވާ ބީލަންތައް ބާޠިލުވާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގެ ޤާނޫނު ނަމްބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 19/2014 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު)ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 

 

 

 

20 ރަބީޢުލްއައްވަލް 1447

 

                               

 

17 ސެޕްޓެންބަރު 2025