ދިވެހިރާއްޖެ
މަސްޖިދުލް ޞިއްދީޤްގެ ގޯއްޗަށް ބިން އިތުރު ކުރުމާއި، ގުޅިގެން، ދެކުނު އަވަށު މައިޒާން (ކީސާ ސްޓޭޖް) މިހާރު ވަނީ މިސްކިތާއި އެއް އިންވެފައެވެ. މިސްކިތުގެ ޤިބްލަ ފަރާތުގައި މިސްކިތާއި އެއްއިންކޮށް ސްޓޭޖް ހުރުމުގެ ސަބަބުން، މިސްކިތުގެ މަލަމަތި ވަރަށް ބޮޑަށް ގެއްލިފައިވާތީއާއި، މިސްކިތާއި އެއްއިންކޮށް، ސްޓޭޖް ހުރުމުގެ ސަބަބުން އެސްޓޭޖްގެ ބޭނުން ނުކުރެވޭނެތީ، ކުޑަ ޕާކެއްގެ ގޮތުގައި އެސަރަހައްދު ތަރައްޤީކުރުމަށްޓަކައި އެ ސްޓޭޖް ތަޅާލާ ބިންސާފުކުރުމަށް އެޢިމާރާތް ހެދުމުގައި އިސްކޮށް އުޅުއްވި ފަރާތްތަކުން މިއިދާރާއަށް ވަނީ ލަފާދީފައެވެ.
ވީމާ، އެސްޓޭޖް ތަޅާލާ ބިން ސާފުކުރުމަށްޓަކައި، އެޢިމާރާތުގައި އެއްވެސް ފަރާތެއްގެ ތަކެތި ހުރިނަމަ، 25 ސެޕްޓެމްބަރ 2025ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ކުރީން އެތަކެތި ގެންދެވުމަށް ދެންނެވީމެވެ. އެމުއްދަތު ހަމަވުމުން، ޢިމާރާތް ތަޅާލުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ. އެމަސައްކަތް ކުރިއަށް ދާއިރު، އެސަރަހައްދުގައި ހުންނަ ތަކެއްޗަށް ގެއްލުމެއް ލިބިއްޖެނަމަ، މިއިދާރާއިން އެކަމުގައި އެއްވެސް މާލީ ޒިންމާއެއް ނުއުފުލާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.