| 
 ފަނޑިޔާރު ކަމުގެ ވަޒީފާގެ ފުރުޞަތު 
 | 
 ނަންބަރު:(IUL)195-C/195/2025/38 
 | 
| 
 ތާރީޚް: 17 ސެޕްޓެންބަރު 2025 
 | 
| 
 މަޤާމު 
 | 
 ޤާޟީ 
 | 
| 
 ކޯޓު 
 | 
 ފެމިލީ ކޯޓު 
 | 
| 
 ޤާޟީން ބޭނުންވާ އަދަދު 
 | 
 1 
 | 
| 
 މުސާރަޔާއި ޢިނާޔަތްތައް 
 | 
| 
 އަސާސީ މުސާރަ (މަހަކު) 
 | 
 37,700.00 ރުފިޔާ 
 | 
| 
 ލިވިންގ އެލަވަންސް (މަހަކު) 
 | 
 18,000.00 ރުފިޔާ 
 | 
| 
 ރިސްކް އެލަވަންސް (މަހަކު) 
 | 
 3,300.00 ރުފިޔާ 
 | 
| 
 މެޑިކަލް އިންޝުއަރެންސް 
 | 
 ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. 
 | 
| 
 ފޯނު އެލަވަންސް 
 | 
 ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ. 
 | 
| 
 ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ. 
 | 
| 
 އަޚްލާޤާއި ސުލޫކު 
 | 
-      މުސްލިމަކު ކަމުގައިވުމާއި، ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން؛
 
-      ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން؛
 
-     ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން؛
 
-      ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން؛
 
-     އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
 
-     ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން؛
 
-     އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ޙުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން.
 
-      ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛު ކުރަމުންދާ މީހަކު ކަމުގައި ނުވުން
 
  | 
| 
 ޢުމުރު 
 | 
 އުމުރުން 25 (ފަންސަވީސް)  އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން 
 | 
| 
 ތަޢުލީމް 
 | 
 އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން 
 | 
| 
 ތަޖުރިބާ 
 | 
 ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން. 
 | 
| 
 ފަނޑިޔާރުކަމުގެ ވަޒީފާއަށް އެދި ހުށަހަޅާފޯމާއެކު 
ހުށަހަޅަންޖެހޭ ތަކެތި 
 | 
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.
 
- ވަނަވަރު  .
 
- ވަނަވަރުގައި ޤާނޫނީ މަސައްކަތް ކުރަންޖެހޭ ވަޒީފާއެއް އަދާކޮށްފައިވާކަމަށް ބަޔާންކޮށްފައިވާނަމަ، އެ ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި އަދާކުރި ވަޒީފާތަކާ އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭ ސަޕޯޓިންގ ޑޮކިއުމަންޓް  (ފަނޑިޔާރުކަމުގައި ތިބި ފަރާތްތަކުން ކުރިމަތިލާނަމަ ފަނޑިޔާރުކަން އަދާކުރާކަމުގެ ލިޔުން ހުށަހަޅަން ނުޖެހޭނެއެވެ.)
 
- ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދައިގެ ކޮޕީ.
 
- ޤާނޫނީ ވަކީލެއްގެ ގޮތުގައި  ކޯޓުތަކުގައި ވަކާލާތުކޮށްފައިވާކަން ނުވަތަ ކުރަމުންދާކަން އެނގޭނެ  ކޯޓުގެ ރަސްމީ ލިޔުމެއް (މި ލިޔުމުގައި އެ ކޯޓެއްގައި އެމީހަކު ޕްރެކްޓިސް ކޮށްފައިވާ މުއްދަތު އެނގެން އޮންނަންވާނެއެވެ.)
 
- ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ލީގަލް މަޤާމެއްގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތްކޮށްފައިވާ މުއްދަތާއި އަދި  ކުރި މަސައްކަތުގެ ތަފްސީލް އެނގޭނޭ ގޮތަށް އެ މުއައްސަސާއަކުން ދީފައިވާ ރަސްމީ ލިޔުމެއް.
 
- ރަޖިސްޓްރީކޮށްފައިވާ ލޯ ފާމެއްގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާނަމަ، މަސައްކަތްކޮށްފައިވާ މުއްދަތާއި އަދި އެ މަސައްކަތުގެ ތަފްސީލް އެނގޭނޭ ގޮތަށް އެ ލޯ ފާމަކުން ދީފައިވާ ރަސްމީ ލިޔުމެއް.
 
- ޤާނޫނީ ދާއިރާގެ އަންޑަގްރެޖުއޭޓް ނުވަތަ އެއަށްވުރެ މަތީ ކޯސްތަކުގައި ލެކްޗަރަރއެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ، މަސައްކަތްކުރި މުއްދަތާއި މަސައްކަތް ކުރީ މަހަކު ކިތައް ގަޑިއިރުކަން އެގޭނެ ރަސްމީ ލިޔުންމެއް.
 
- ސެމިނަރ، ވޯރކްޝޮޕް ތަކުގައި ޤާނޫނީ ދާއިރާއާ ގުޅުންހުރި ޕޭޕަރު ލިޔެ ހުށަހަޅާފައިވާނަމަ އެކަމާގުޅޭ ލިޔުމެއް.
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
 
- ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނޫންކަން އެނގޭނޭ އިލެކްޝަންސް ކޮމިޝަންގެ ލިޔުން.
 
- ރާއްޖޭގައި ނުވަތަ ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާސިލްކުރުމުގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް އިދާރާއަކާއިއެކު ވަކި މުއްދަތަކަށް ޚިދުމަތް ކުރުމުގެ ބޮންޑެއްވާނަމަ ބޮންޑުން ދޫކުރާނެ ކަމުގެ ލިޔުން.
 
- ލޯ ފަރމެއްގެ ނުވަތަ ޤާނޫނީ މަސައްކަތެއް ކުރާ އެއްވެސް ވިޔަފާރިއެއް ކުރާނަމަ ނުވަތަ އެފަދަ ތަނެއްގެ ހިއްސާދާރަކަށް ވާނަމަ އެކަން އެނގޭނެ ލިޔުން.
 
 
ނޯޓް: 
- ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ތައުލީމީ ސަނަދުތަކުގެ އޮނިގަނޑުގައި ކަނޑައެޅިފައިވާ ގިންތިތަކަށް ފެތޭގޮތަށް، އެމް.ކިއު.އޭގެ ހުއްދައާއެކެ 1 ސެޕްޓެމްބަރ 2016 ގެ ފަހުން ރާއްޖޭގެ ކޮލެޖު/ޔުނިވަރސިޓީތަކުން ހިންގާ ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ސަނަދުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.
 
 
 | 
| 
 ސުންގަޑި 
 | 
 މަޤާމަށް އެދި ހުށަހަހަޅުއްވާނީ 28 ސެޕްޓެންބަރު 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން  މި ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަންބޭނުންވާ ފަރާތްތަކުން ސުންގަޑިހަމަވުމުގެ ކުރިން (28 ސެޕްޓެންބަރު 2025 ވަނަ ދުވަހުގެ 12:00) މި ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެވެ. 
ފަހިރެސް ޕޯޓަލްގެ ލިންކް ތިރީގައިއެވަނީއެވެ. 
https://apply.jsc.gov.mv 
 | 
| 
 ގަވާއިދު 
 | 
 މި އިޢުލާންގައިވާ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގަވާއިދު" ގައިވާ ގޮތުގެމަތީންނެވެ. މި ގަވާއިދު ގެޒެޓުންނާއި މި ކޮމިޝަންގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. 
 | 
| 
 އިތުރު މަޢުލޫމާތު 
 | 
 - ފަނޑިޔާރުކަމަށްއެދި ހުށަހަޅާ އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ ރިސެޕްޝަން ކައުންޓަރއިން ލިބޭނެއެވެ. 
- މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3303501 އެވެ. 
 |