މަސައްކަތް
ނަންބަރު: (IUL) GS43-B/2025/63
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:13
ސުންގަޑި: 22 ސެޕްޓެންބަރު 2025 13:00
ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ކެންޓީން ހިންގާނެ ފަރާތެއް ހޯދުމަށް

ސްކޫލް ކެންޓީނު ހިންގާނެ ފަރާތެއް ހޯދުން

  1. މި ސްކޫލުގެ ކެންޓީނު ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS43-B/2025/57 އިޢުލާނަށް ހުށަހެޅުނު ބީލަންތަކުގެ ޝަރުޠު ހަމަނުވާތީ ދެ ވަނަ ފަހަރަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. މިޕްރޮޖެކްޓްގައި ބައިވެރިވުމަށް 17 ސެޕްޓެންބަރު 2025 އިން  22 ސެޕްޓެންބަރު 2025 ގެ ނިޔަލަށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 23 ސެޕްޓެންބަރު 2025 ވަނަ ދުވަހުގެ 13:00ގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 29 ސެޕްޓެންބަރު 2025  ވަނަ ދުވަހުގެ 11:00 ގައިމި ސްކޫލުގެ ހޯލުގައެވެ.
  6. މިޕްރޮޖެކްޓާއިގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  7. މިޕްރޮޖެކްޓާއިގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޝަރަފުއްދީން ސްކޫލް

 ހިތަދޫ، އައްޑޫ

 ފޯން: 7030-688

    އީ-މެއިލް: [email protected] 

17 ސެޕްޓެންބަރު 2025