ބީލަން
ނަންބަރު: (IUL)304-CA/304/2025/150
ޕަބްލިޝްކުރި ތާރީޚް: 17 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 08:58
ސުންގަޑި: 30 ސެޕްޓެންބަރު 2025 13:00
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. ދުވާފަރު ރަމްޒުކޮށްދޭ ޑިޒައިންކޮށްދޭނެ ފަރާތެއް ހޯދުމަށް

ރ. ދުވާފަރުގެ ބަނދަރު ޞަރަޙައްދުގައި ރަށުގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓެއް ހެދުމަށް ބޭނުންވާތީވެ، މޮނިއުމެންޓް ޑިޒައިން ކުރުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

ނޯޓް: މޮނިއުމަންޓް ފަރުމާކުރުމަށް ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށާއި، ކުންފުނިތަކަށާއި، ޕާރޓްންޝިޕްތަކާއި، ކުލަބުޖަމިއްޔާ ޖަމާއަތްތަކަށާއި ކުޅިވަރު ޓީމްތަކަށާއި، ގްރޫޕްތަކަށާއި އަދި އަމިއްލަ ފަރުދުންނަށްވެސް ބައިވެރިވެވޭނެއެވެ. އަދި ޑިޒައިންތަކުގެ ތެރެއިން އެންމެ ކަމުދާ ރަނގަޅު ޑިޒައިނަކަށް 15,000/-  (ފަނަރަ ހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދެވޭނެއެވެ. އަދި މި މަސައްކަތުގެ އިތުރު ތަފްޞީލް މި އިއުލާނާއިއެކު އެއްކަރުދާސްކުރެވިފައިވާ މަޢުލޫމާތު ޝީޓުގައިވާނެއެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މޮނިއުމެންޓް ފަރުމާ ކުރުމަށްފަހު 30 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން މި އިދާރާއަށް އީމެއިލް މެދުވެރިކޮށް [email protected] ނުވަތަ މިކައުންސިލްގެ ކައުންޓަރއަށް ހުށަހެޅުއްވުން އެދެމެވެ.

17 ސެޕްޓެންބަރު 2025