މަސައްކަތް
ނަންބަރު: (IUL)10-F/1/2015/145
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2015
ޕަބްލިޝްކުރި ގަޑި: 11:07
ސުންގަޑި: 22 އޮކްޓޫބަރު 2015 13:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ އެއަރކޯންތައް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަން

މި މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ އެއަރކޯންތައް 1 އަހަރުދުވަހުގެ މުއްދަތަށް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 22 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، ގަޑިއަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދެންނެވީމެވެ.

‏29 ޛުލްޙިއްޖާ 1436

13 އޮކްޓޫބަރު 2015