ބީލަން
ނަންބަރު: (IUL)364-ESMS/364/2025/55
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 20:25
ސުންގަޑި: 25 ސެޕްޓެންބަރު 2025 23:59
މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. މުލަކު އިރުމަތީ ފަރާތު ވޮލީ ކޯޓުގެ މަރާމާތު މަސައްކަތް ކޮށްދޭން ފަރާތެއް ހޯދުން

މ. މުލަކު އިރުމަތީ ފަރާތު ވޮލީ ކޯޓުގެ މަރާމާތު މަސައްކަތް ކޮށްދޭން ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.

މި މަސައްކަތާއި ގުޅިގެން ބިޑް ރަޖިސްޓްރީ ކުރުން 2025 ސެޕްޓެންބަރު 15 އިން 2025 ސެޕްޓެންބަރު 25  ވަނަދުވަހުގެ 23:59 ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. މިގޮތުން ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް ކޮންމެ ފަރާތަކުންވެސް -/500 ރުފިޔާގެ ނޮން-ރިފަންޑަބަލް ފީއެއް ދައްކަންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީކުރުމަށް އެދޭ ފަރާތަކުން ތިރީގައިވާ އެކައުންޓް ނަމްބަރަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު [email protected] މެއިލްއަށް ރަސީދު ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީ ކޮށްދެވޭނެއެވެ.

ފައިސާ ޓްރާންސްފަރކުރާއިރު ރިމާކްސްގައި ލިޔުއްވާނީ : Bid registration of East side playground land leveling & Volley court works

އެކައުންޓް ނަމްބަރު: 7709700388001

އެކައުންޓް ނަން:  1411 Revenue 01

  • ބިޑް ރަޖިސްޓްރީ ފޯމް" ގެ ލިންކު:

https://forms.office.com/r/mfsByjWxu8

މި މަސައްކަތާއިގުޅޭ ޕްރީބިޑް މިޓީން 28 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގައި މުލަކު ކައުންސިލުގެ ޖަލްސާ ކުރާމާލަމުގައި އޮންނާނެއެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 30 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ 13:00 ގައި މ. މުލަކު ކައުންސިލުގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ އެކަން ބަޔަންކޮށް ސިޓީއަކުން މިއިދާރާއަށް ހުށަހަޅަންވާނެއެވެ. މި ކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.   އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމްތައް ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މި މަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމާއި ބެހޭ ޤާނޫނު ނަންބަރު : 18/2014 ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މިޕްރޮޖެކްޓާ މަޢުލޫމާތު ކަރުދާހުގައިވާ މަޢުލޫމާތެއް ނުވަތަ އިތުރަށް ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

      މުލަކަތޮޅު މުލަކުކައުންސިލް އިދާރާ

      މ. މުލައް

      ފޯން:  7547498 / 6723713

      އީމެއިލް: [email protected]

 

 

15 ސެޕްޓެންބަރު 2025