މަސައްކަތް
ނަންބަރު: (IUL)227-AD-PM/227/2025/43
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި:
18 ސެޕްޓެންބަރު 2025 14:00
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
"މިލައުތުރު ފުޓްސަލް މުބާރާތް 2025" ވިޝުއަލް އައިޑެންޓިޓީއެއް އަދި ޕްރޮމޯޝަނަލް ކޮންޓެންޓް ތައްޔާރުކުރުން
ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު
- މިއިދާރާއިން އިންތިޒާމް ކޮށްގެން ށ.ކަނޑިތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ "މިލަ އުތުރު ފުޓްސަލް މުބާރާތް 2025" އަށް ފުރިހަމަ ވިޝުއަލް އައިޑެންޓިޓީއެއް އަދި ޕްރޮމޯޝަނަލް ކޮންޓެންޓް ތައްޔާރުކޮށް ޕްރޮފެޝަނަލް ގްރެފިކްސް އަދި މަލްޓިމީޑިއާ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ކޯޓޭޝަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓުން (shaviyani.gov.mv) އަދި ދިވެހި ސަރުކާރުގެ ގެޒެޓުން ( gazette.gov.mv) ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
- މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.
- ކޯޓޭޝަން ހުށައެޅުން އޮންނާނީ 2025 ސެޕްޓެމްބަރ 18ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30ގައި މިއިދާރާގައެވެ. އީމެއިލް އަދި ފެކްސް މެދުވެރިކޮށް ހުށައެޅޭ ކޯޓޭޝަންތަކާއި ކަނޑައެޅިފައިވާ ތާރީޚާއި ގަޑީގެ ކުރިން ހުށައެޅޭ ކޯޓޭޝަންތައް ބަލައެއް ނުގަނެވޭނެއެވެ.
- ހުށައަޅާ ކޯޓޭޝަންތައް ވަޒަންކުރާނޭ މިންގަނޑާއި، ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މިލަދުންމަޑުލުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ/ މިނިވަންހިނގުން، ށ.ފުނަދޫ، ދިވެހިރާއްޖެ.
ފޯން: 6540400، 6540427
އީމެއިލް: [email protected]
15 ސެޕްޓެންބަރު 2025