ވަޒީފާގެ ފުރުޞަތު
ނަންބަރު: 137-HR/IU/2025/ 202
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 22 ސެޕްޓެންބަރު 2025 13:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މެނޭޖަރ ، ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަން

މަޤާމް :މެނޭޖަރ ، ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަން
ބޭނުންވާ އަދަދު :1

އިއުލާން

 

މިހޮސްޕިޓަލުގެ ދަށުން ހިނގަމުންދާ ވިލިމާލެ ހޮސްޕިޓަލަށް ތިރީގައި މިވާ މަގާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

 

މަޤާމު

މެނޭޖަރ ، ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަން

ބޭނުންވާ އަދަދު

 1 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަގާމްގެ ނަންބަރު

 404683 ޖޭ

ވަޒީފާއަދާ ކުރަންޖެހޭ ތަން

ވިލިމާލެ ހޮސްޕިޓަލް / މާލެ

މަގާމު

ޕަބްލިކް ސަރވިސް ރޭންކް

ތައުލީމީ ފެންވަރު

މެނޭޖަރ ، ހޮސްޕިޓަލް އެޑްމިނިސްޓްރޭޝަން

ޕަބްލިކް ސަރވިސް ރޭންކް 8ބީ

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދަކާއެކު ލެވެލް 9 ން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޞިއްޙީ ދާއިރާގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ؛

  1. މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޞިއްޙީ ދާއިރާގައި 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 ނުވަތަ؛

  1.  ޖެނެރަލް މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޞިއްޙީ ދާއިރާގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން .

 ނުވަތަ؛

  1. ހެލްތް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ޞިއްޙީ ދާއިރާގައި 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަގާމުގެ އަސާސީ މުސާރަ

-/16977 ރުފިޔާ (މަހަކު)

މަގާމުގެ އެލަވަންސް

 -/9723 ރުފިޔާ (މަހަކު)

ޙާޟިރީ އިނާޔަތް

 -/263 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 މޭ 2023 އިސްލާހާއި އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް.

 

ތައުލީމީ ރޮނގުތައް:

އެޑްމިނިސްޓްރޭޝަން، ބިޒްނަސް ، ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ބިޒްނަސް މެނޭޖްމަންޓް ، ކޮމިއުނިޓީ ހެލްތު ، ހެލްތް އެޑްމިނިސްޓްރޭޝަން ، ހެލްތް ކެއަރ އެޑްމިނިސްޓްރޭޝަން ، ހެލްތް ކެއަރ މެނޭޖްމަންޓް ، ހެލްތު މެނޭޖުމަންޓް  ، ހެލްތު ޕޮލިސީ  ، ހެލްތް ޕޮލިސީ އެންޑް ޕްލޭނިންގ ، ހެލްތް ސަރވިސް އެޑްމިނިސްޓްރޭޝަން  ، ހެލްތް ސަރވިސަސް މެނޭޖްމަންޓް  ، ހޮސްޕިޓަލް އެޑްމިިނިސްޓްރޭޝަން ، ހޮސްޕިޓަލް މެނޭޖްމަންޓް  ، މެނޭޖްމަންޓް  ، ޕްރައިމަރީ ހެލްތުކެއަރ ، ޕަބްލިކް އެޑްމިނިސްޓްރޭޝަން  ، ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް ، ޕަބްލިކް ހެލްތު  ، ޕަބްލިކް ހެލްތު އެޑްމިނިސްޓްރޭޝަން ، ޕަބްލިކް ހެލްތް ޕޮލިސީ  ، ޕަބްލިކް ހެލްތް ސައިންސް ، ޕަބްލިކް މޭނޭޖްމަންޓް

 

ގުޅޭ ވަޒީފާގެ ދާއިރާ:

ހެލްތް ސަރވިސަސް

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ބަޖެޓް ޕްލޭންކުރުމާއި މާލީ ހިސާބުތަކުގެ ރިޕޯޓު ތައްޔާރުކުރުމާއި، ޚިދުމަތްތަކާއި މެޝިނަރީއާއި އެހެނިހެން ސަޕްލައި ހޯދުމުގެ ޚަރަދުތަކާއި އިދާރީ ޚަރަދުތައް ކޮންޓްރޯލުކޮށް ކުރެވޭ ހޭދައަށް އެންމެ ރަނގަޅު ނަތީޖާ ނެރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  2. ހޮސްޕިޓަލުން ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް އެއް ހަމައެއްގައި ހިފެހެއްޓުމަށް ބޭނުންވާނެ ޕްލޭންތަކާއި އުސޫލުތައް އެކުލަވާލައި ހޮސްޕިޓަލުގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  3. ހޮސްޕިޓަލް އާއި ދާއިރާގެ އެހެން އިދާރާތަކާ ގުޅިގެން މަސައްކަތްކުރާނެ ކޯޑިނޭޝަން އަދި މޮނިޓަރިންގ ނިޒާމު ގާއިމުކުރުން.
  4. މެޑިކަލް އަދި އާންމު ޞިއްޙަތުގެ ޚިދުމަތްތައް ދިނުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކާ އެއްގޮތަށް ހޮސްޕިޓަލު ހިންގުމާއި، ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ބައްޓަންކޮށް، ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  5. ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ހޮސްޕިޓަލް ހިނގާގޮތް މޮނިޓަރކޮށް އެނަލައިޒްކުރުން.
  6. ޞިއްޙީ ދާއިރާއާއި ގުޅުންހުރި އެހެނިހެން މުއައްސަސާތަކާއި، ޖަމިއްޔާ، ޖަމާޢަތްތަކާއެކު މުޢާމަލާތުކުރުމާއި ޞިއްޙީ ވުޒާރާގެ އެކި ޑިޕާޓްމަންޓުތަކާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު ކޯޑިނޭޝަން ދެމެހެއްޓުމުގައި އެހީތެރިވުން.
  7. އާންމު ޞިއްޙަތު، މެޑިކަލް، ނަރސިންގ، ޕެރަމެޑިކަލް، އިދާރީ މުވައްޒަފުންނާއި އަދި އެނޫންވެސް މުއްއްޒަފުންނަށް އިރުޝާދުދީ، ސުޕަވައިޒްކޮށް މަސައްކަތް ކުރާގޮތް މޮނިޓަރކުރުމުގައި އެހީތެރިވުން.
  8. ހިންގުމުގެ ކަންތައްތައް ބަލަހައްޓައި، ތަނުގެ އަމާޒުތައް ކަނޑައަޅައި ހިންގުމުގެ ކަންތައްތަކާއި އެ ކަންތައްތައް ބަލާނެ މިންގަޑުތަކާއި އުޞޫލުތައް ކަނޑައެޅުމުގައި އެހީތެރިވުން.
  9. މުވައްޒަފުން ހޯދުމާއި، ތަމްރީނުދިނުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ އިރުޝާދު ދިނުމާއި، އެ ކަންތައްތައް ހިނގާނުހިނގާ ގޮތް ބެލެހެއްޓުމުގައި އެހީތެރިވުން.
  10. އާންމު ޞިއްޙަތު، މެޑިކަލް، ނަރސިންގ، ޕެރަމެޑިކަލް އަދި އިދާރީ މުވައްޒަފުންގެ މަސައްކަތާބެހޭ އުސޫލުތަކާއި އިޖްރާޢަތް ކަނޑައަޅައި މުވައްޒަފުން މަސައްކަތް ކުރަމުންދާގޮތާއި މަސައްކަތުގެ ފެންވަރު ބަލާނެ މިންގަނޑުތައް ކަނޑައެޅުމުގައި އެހީތެރިވުން.
  11. ލިބޭ ވަސީލަތްތައް އެދެވޭ ގޮތުގައި ބޭނުންކުރެވޭތޯ ބެލުމަށާއި ބޭނުންވާ އިތުރު ޚިދުމަތްތަކާއި ތަކެއްޗާއި މުވައްޒަފުން ދެނެގަތުމަށްޓަކައި، އިދާރާއިން މުޖުތަމައުގައި ދޭ ޚިދުމަތްތަކާއި، ތަހުލީލީ ޚިދުމަތްތަކާއި، އެޑްމިޓްކޮށްގެން ފަރުވާދޭ އެނދު ބޭނުންކުރެވޭ ނިސްބަތާއި، އެހެން ޚިދުމަތްތައް ބޭނުންކުރާ މިންވަރު ބަލަމުން ގެންދިއުން.
  12. ޚިދުމަތްތައް ދިނުމުގައި އެކި ގޮތްގޮތުން ބައިވެރިވާ ފަރާތްތަކާއި (އަމިއްލަ ފަރާތްތަކާއި، ހިލޭ ސާބަހަށް ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކާއި، ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާ ޖަމާޢަތްތައް ފަދަ ތަންތަނާ) ގުޅިގެން މަސައްކަތްކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx އަދި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ http://igmh.gov.mv ވެބްސައިޓުންނާއި  އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އެމް.އެސް.3ން ފެށިގެން އީކްސް 5 އާ ދެމެދުގެ ކްރައިޓީރިއާ

އަސާސީ ޝަރުތު ހަމަވުމުން

30

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތައުލީމް

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

15

ޕްރެޒެންޓޭޝަން

10

އިންޓަރވިއު

30

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އީ-މެއިލް [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. ފޮނުވާ އީ-މެއިލްތައް މިހޮސްޕިޓަލަށް ލިބުމުން ( އީ-މެއިލް ފޮނުވި މެއިލްއަށް މިހޮސްޕިޓަލަށް މެއިލް ލިބުނު ކަމުގެ މެއިލްއެއް ލިބޭނެއެވެ.)

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ  10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

 

އިންޓަރވިއުއާއި އިމްތިހާން އަދި ޕްރެެެެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އޮންނާނީ،  23 ސެޕްޓެމްބަރ 2025 ން 16 އޮކްޓޯބަރ 2025 އާ ދެމެދު މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިވިޜަންގައެވެ.  

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

     

 23 ރަބީއުލްއައްވަލް 1447

15 ސެޕްޓެމްބަރ 2025

15 ސެޕްޓެންބަރު 2025