ދިވެހިރާއްޖެ
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2025/45 |
ތާރީޚް |
23 ރަބީޢުލްއައްވަލު 1447 |
|
15 ސެޕްޓެމްބަރ 2025 |
ވިޒިޓް ވާދޫ މޮނިއުމަންޓް ކަދާވަޑަށް ބަދަލުކުރުން
މިރަށު ބަނދަރު ސަރަހައްދުގައި ހަދާފައިވާ " ވިޒިޓް ވާދޫ " މޮނިއުމަންޓް ރޫޅާލައި އެމޮނިއުމަންޓް ކަދާވަޑަށް ބަދަލުކުރުމަށް ބޭނުންވެއްޖެއެވެ.
ވީމާ،އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާގެ އީމެއިލް [email protected] އަށް ފޮނުވާ، ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު،ކަނޑައެޅިފައިވާ ސުންގަޑިޔަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު ކަރުދާހާއި، ބީލަންހުށަހަޅާ ފޯމް،ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް އަދި ކުރެހުން މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.
އަންދާސީ ހިސާބް ހުށަހެޅުމާބެހޭ
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި |
23 ސެޕްޓެމްބަރ 2025 |
އަންގާރަ |
14:00 |
އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ |
25 ސެޕްޓެމްބަރ 2025 |
ބުރާސްފަތި |
13:00 |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ޙަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް