ނީލަން
ނަންބަރު: (IUL)HPL-CC/1/2025/1009
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި: 29 ސެޕްޓެންބަރު 2025 14:00
ހިތަދޫ ޕޯޓް ލިމިޓެޑް
ދިވެހިރާއްޖެ
ހިތަދޫ ފޯޓް ލިމިޑެޓް ވިޔަފާރި ބަނދަރުގައި ކްލިއާރ ނުކޮށް ގިނަދުވަސްވެފައިވާ މުދާ ނީލަން ކިޔުމާއި ބެހޭ

ރާއްޖެއަށް މުދާ އެތެރެކޮށް ހިތަދޫ ފޯޓް ލިމިޑެޓް ވިޔަފާރި ބަނދަރުގައި ނުގެންގޮސް ގިނަދުވަހު ބެހެއްޓިފައިވާ، ތިރީގައި ދެންނެވުނު މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.

  1. މުދަލުގެ އަދަދާއި ބާވަތް: ( ތަފްޞީލް އެޓޭޗް ލިސްޓްގައި )
  2. ނީލަން ކިޔާ މުދާ ބެލުމާއި ނަން ނޯޓް ކުރުން:

 

  • މުދާ ބެލުން : 25 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި
  1. މުދާ ބެލުމަށް ނަން ނޯޓް ކުރުން: 2025 ސެޕްޓެމްބަރ 25 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، އޮކްޝަން ޕޯޓަލް މެދުވެރިކޮށް މުދާ ބެލުމަށް ރިކުއެސްޓް ކުރަންވާނެއެވެ. އޮކްޝަން ޕޯޓަލް ލިންކް: https://auction.port.mv/
  • މުދާ ބެލުމަށް ޕޯޓު ސަރަހައްދަށް ވަދެވޭނީ ޕޯޓް ސޭފްޓީ މިންގަޑާއި އެއްގޮތަށް، ބޫޓާއި (ސޭފްޓީ ޝޫޒް ނުވަތަ އާދައިގެ ބޫޓު) އެކުގައެވެ.
  1. ނީލަމުގައި ބައިވެރިވުން: މި ނީލަމުގައި ބައިވެރިވެވޭނީ އޮކްޝަން ޕޯޓަލްއަށް ސަބްސްކްރައިބް ކުރައްވާ ފަރާތްތަކަށެވެ.

 

  1. ނީލަން ކިޔުން: 2025 ސެޕްޓެމްބަރ 28 ވާ އާދީއްތަ ދުވަހުގެ 14:00  އިން 2025 ސެޕްޓެމްބަރ 29 ވާ ހޯމަ ދުވަހުގެ 14:00 އަށް.
  2. ނީލަމަށް އަގު ހުށަހެޅުން ބަންދުވުން: ނީލަމަށް އަގު ހުށަހެޅުން ބަންދުވާނީ، ނީލަމަށް އެންމެ ފަހުން ހުށަހަޅާ އަގު ހުށަހަޅާތާ 5 (ފަހެއް) މިނެޓްގެ ވަގުތެއް ދިނުމަށްފަހުއެވެ. އަދި އެ ފަސްމިނެޓް ތެރޭގައި އިތުރު އަގެއް ހުށަހަޅައިފިނަމަ ކުރިން ދިން 5 (ފަހެއް) މިނެޓްގެ އިތުރަށް ފަސްމިނެޓް އިތުރުވަމުން ގޮސް އަގެއް ހުށަނާޅާ އޮވެ ފަސްމިނެޓް ހަމަވުމުން ނީލަން ބަންދުވާނެއެވެ.

ސަމާލުކަމަށްޓަކައި :

  • މުދާ ނީލަން ކިޔުން ކުރިއަށް ގެންދެވޭނީ 07 ޖަނަވަރީ 2025 ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައިވާ(www.gazette.gov.mv/iulaan/322236)  މިކުންފުނީގައި މުދާ ނީލަންކިޔުމަށް ހެދިފައިވާ ޤަވާއިދު ގެ ދަށުންނެވެ.

 

  • ސްކްރެޕް ގެ ގޮތުގައި ނީލަމުން ނަންގަވާ މުދާ ހަމައެކަނި ކްލިއަރ ކުރެވޭނީ ރީ-އެކްސްޕޯޓް ކުރެވޭ ގޮތަށެވެ. އަދި މުދާ ކްލިއަރ ކުރުމަށް ދެވޭނީ 10 ދުވަހުގެ ފްރީ ސްޓޯރޭޖް މުއްދަތެކެވެ.

މި ނީލަމުގައި ނުވިކޭ މުދާ ދެވަނަފަހަރަށް ނީލަން ކިއުމަށް އިއުލާން ކުރެވޭނީ އެމްޕީއެލްގެ އޮކްޝަން ޕޯޓަލް https://auction.port.mv/ ގައެވެ.    

15 ސެޕްޓެންބަރު 2025