ޢާންމު މަޢުލޫމާތު
ނަންބަރު: 385/209/4/19/2025
ޕަބްލިޝްކުރި ތާރީޚް: 15 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 09:08
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04 ވަނަ ދައުރުގެ 209 ޖަލްސާގެ ނިންމުން އާއްމުކުރުން

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 209 ވަނަ ޢާންމު ޖަލްސާގެ ނިންމުން

ތަން:  ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމް

ތާރީހް: 07 މެއި 2025  ، ބުދަ

09 ޛުލްޤަޢިދާ 1446

ގަޑި: ހެނދުނު 08:30

އެޖެންޑާ

  1. 30 އޭޕްރީލް 2025 އިން 06 މެއި 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
  2.  ބަނދަރު ބޭރުފަރާތުގައި އޮންނަ ބީޗް ( އޮޕޭރާ ) ބިޑް އުސޫލުން ކުއްޔަށް ދޫކުރުމުގެ މައްސަލަ
  3.  މޯޑް ހަކަތަ ތެޔޮ ބިމުގެ މުއްދަތު އިތުރު ކުރުމަށާއި ބިން ބޮޑު ކުރުމަށް އެދި 17 މާރިޗް 2025 ސިޓީ ގައި ހުށަހަޅާފައިވާ މައްސަލަ
  4.  ވަނަ ދައުރުގެ 2025/19/4/209/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން 

ޖަލްސާގެ ނިންމުންތަށް

  1. 30 އޭޕްރީލް 2025 އިން 06 މެއި 2025 ގެ ނިޔަލަށް ކައުންސިލް އިދާރާއަށް ލިބިފައިވާ ސިޓީތައް ކައުންސިލާއި ހިއްސާކުރުން.
  2. ބަނދަރު ބޭރުފަރާތުގައި އޮންނަ ބީޗް ( އޮޕޭރާ ) ބިޑް އުސޫލުން ކުއްޔަށް ދޫކުރުމުގެ މައްސަލަ އާއި ގުޅިގެން ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މެމްބަރުން ވަނީ ޚިޔާލު ފާޅުކުރައްވާ މަޝްވަރާ ކުރައްވާފައެވެ. މިގޮތުން ކުރެވުނު މަޝްވަރާގައި ނިންމަވާފައި ވަނީ އޮޕޭރާ ބިޑް އުސޫލުން ދޫކުރުމަށް އަވަހަށް ހުޅުވާލުމަށާއި، 10 އަހަރުގެ މުއްދަތަށް ދޫކުރުމަށާއި، ހޮޓާ ރެސްޓޯރަންޓް ކެފޭ ގެ ޚިދުމަތް ފިޔަވައި އިތުރު ޚިދުމަތެއް ނުދެވޭނެ ކަމަށާއި، ބިޑަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 70/- ލާރި ( ހަތްދިހަ ލާރި ) ކަމުގައެވެ. މިގޮތުގެމަތިން މި ބިމުގެ މައްސަލަ ބިޑް އުސޫލުން ކުރިއަށް ގެންދިއުމަށް އިޢްތިރާޒެއް ނެތް ކަމުގައި މެމްބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
  3. މޯޑް ހަކަތަ ތެޔޮ ބިމަށް މިހާރު ދޫކުރެވިފައިވާ ބިމުގެ މުއްދަތު އިތުރު ކުރުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލަ އާއި ގުޅިގެން މެމްބަރުންގެ މަޝްވަރާގައި ނިންމަވާފައިވާ ނިންމެވުމަކީ މޯޑް ހަކަތަ ތެޔޮ ބިމުގެ މިހާރު ބިމުގެ މިހާރު ބާކީ އޮތް މުއްދަތު ހިމޭގޮތުން މިހާރުގެ އެގްރީމެންޓް ބާޠިލުކޮށް އަލުން އެގްރީމެންޓް އާކޮށް ބިމުގެ މުއްދަތު 25 އަހަރަށް އިތުރު ކުރުމެވެ. މިގޮތަށް ބިމުގެ މުއްދަތު އިތުރުކުރާނަމަ ފުރަތަމަ 12 އަހަރު ބިމުގެ ކުލި ބިމުގެ އަކަފޫޓަކަށް 50/2 ރުފިޔާ ( ދެ ރުފިޔާ ފަންސާސް ލާރި ) ކަނޑައެޅުމަށާ، އަދި ދެވަނަ 13 އަހަރު ބިމުގެ ކުލި ބިމުގެ އަކަފޫޓަކަށް 35/3 ރުފިޔާ ( ތިން ރުފިޔާ ތިރީސް ފަސް ލާރި ) ކަމުގައި ކަނޑައަޅައި މުއްދަތު އިތުރުކުރުމާމެދު އިއްތިރާޒެއް ނެތް ކަމުގައި ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
  4. މޯޑް ހަކަތަ ތެޔޮ ބިމުގެ މުއްދަތު އިތުރު ކުރުމަށާއި ބިން ބޮޑު ކުރުމަށް އެދި 17 މާރިޗް 2025 ސިޓީ ގައި ހުށަހަޅާފައިވާ މައްސަލަ އާއި ގުޅިގެން މިޖަލްސާގައި މޯޑު ހަކަތަ ތެޔޮބިމަށް ދޫކޮށްފައިވާ ބިމަށް 800 އަކަފޫޓް އިތުރު ކޮށްދެއްވުމަށް އެދިފައިވާތީ ވަރަށް ފުޅާ ދާއިރާއެއްގައި މެމްބަރުން ވަނީ ޚިޔާލު ފާޅުކުރައްވާ މަޝްވަރާ ކުރެއްވުމަށްފަހު މިވަގުތު ބިން ބޮޑުކޮށް ނުދޭގޮތަށް ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމެވިއެވެ.
  5. އެއްވެސް އުނި އިތުރެއް ނެތި މެމްބަރުންގެ އިއްތިފާޤުން 4 ވަނަ ދައުރުގެ 2025/19/4/209/385 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރެއްވިއެވެ.

 

ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ 04ވަަނަ ދައުރުގެ 209 ވަނަ ޢާންމު ޖަލްސާގެ ހާޒިރީ 

ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓެވީ

#

ނަން

މަޤާމު

1

އަލްފާޟިލް   އާދަމް ޝަފީޤް

ސެކްރެޓަރީ ޖެނެރަލް

2

އަލްފާޟިލް   ޔަޙުޔާ ރަޝީދު

 ޑިރެކްޓަރ

3

އަލްފާޟިލް   ޙަސަން ޙަބީބު

އެސިސްޓެންޓް ޑިރެކްޓަރ

ޖަލްސާގެ ހާޒިރީ

#

ނަން

ހާޒިރުވި

ހާޒިނުވާ

1

ކައުންސިލް ރައީސް އަހްމަދު މޫސާ

ކ

 

2

ކައުންސިލް ނައިބް ރައީސް މުހައްމަދު މުނީރު

ކ

 

3

ކައުންސިލް މެންބަރު މުޢުތަސިމް އަބްދުއްރަހީމް

ކ

 

4

ކައުންސިލް މެންބަރު ނަޝްފާ މާހިރު

ކ

 

5

ކައުންސިލް މެންބަރު މަރިޔަމް އަލީ

ކ

 

 

 

 

15 ސެޕްޓެންބަރު 2025