ދިވެހިރާއްޖެ
ނަންބަރ: (IUL)242-AS/242/2025/21
އިޢުލާން
"ނިޔަމިކަމުގެ ސެޓްފިކެޓް 2 (NC2)" ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން
މި އިދާރާއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ މެރިޓައިމް ސްޓަޑީޒްއާ ގުޅިގެން ނިޔަމި ކަމުގެ ސެޓްފިކެޓް 2 (NC2) ކޯސް 2025، އޮކްޓޯބަރ 9 ވަނަ ދުވަހުން 13ވަނަ ދުވަހަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ 25 ބޭފުޅަކަށެވެ. އަދި ބައިވެރިންގެ ކޯސް ފީގެ ދެބައިކުޅަ އެއްބައި މި އިދާރާއިން ދައްކާގޮތަށް ހަމަޖެހިފައިވާ ވާހަކަ ދައްނަވަމެވެ.
ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ސެޕްޓެމްބަރ 28 ވަނަ ދުވަހުގެ 14:00ގެ ކުރިން މި އިދާރާގެ އީމެއިލް [email protected] އަށް ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް އަދި އިތުރު ލިޔެކިޔުންތައް މެއިލް ކޮށްދެއްވުން އެދެމެވެ. ކޯހަށް ވަނުމަށް އެދޭ ފޯމް މި އިއުލާނުގައި ހިމެނިފައިވާނެ ވާހަކަ ދެއްނެވީމެވެ. އިތުރު މައުލޫމާތެއް ސާފު ކުރައްވަން ބޭނުންފުޅުވާނަމަ 7474232 ނަންބަރ ފޯނާ ގުޅުއްވުން އެދެމެވެ.
ކޯހުގެ ތަފްސީލް:
- މުއްދަތު: 30 ގަޑިއިރު (ކޮންޓެކްޓް)
- ޝަރުތު: ދިވެހިބަހުން ލިޔަންކިޔަން އެނގުން އަދި އެއްކޮށް ކަނޑާ ގުނަކޮށް ގެއްލަން އެނދުން.
- ޖުމްލަ ފީ (ބައިވެރިއަކަށް): 1300 ރުފިޔާ. (ކޯސް ފީ: 1200 ރުފިޔާ. ކޮޕީ ޗާޓު: 100 ރުފިޔާ)
- އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުން: ކޯހަށް އެދި ހުށަހަޅާ ފޯމް، އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ، 18 އަހަރުން ދަށުގެ ފަރާތެއްނަމަ ބެލެނިވެރިޔާގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.