ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267-CA/267/2025/67
ޕަބްލިޝްކުރި ތާރީޚް: 14 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 21:47
ސުންގަޑި: 17 ސެޕްޓެންބަރު 2025 10:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ކުމުންދޫ ސެންޓަރަލް ޕާކް ގާއިމުކުރާ ސަރަހައްދުގެ ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުން

ހދ.ކުމުންދޫ ސެންޓަރަލް ޕާކް ގާއިމުކުރާ ސަރަހައްދުގެ ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 17 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން އޮންލައިންކޮށް ތިރީގައިވާ ލިންކުން ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށް އެދެމެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓްރީވުމުން އީމެއިލް ކޮށްދެވޭނެއެވެ.

ލިންކް: https://forms.cloud.microsoft/r/BpvPNrTaLG

ތަފްސީލް

ތާރީޚް

ގަޑި

ސުވާލެއްވާނަމަ އީމެއިލް ކުރައްވަންވީ ސުންގަޑި

އީމެއިލް: [email protected]

17 ސެޕްޓެމްބަރ 2025 (ބުދަ)

10:00

ރަޖިސްޓަރ ވުމުގެ ސުން ގަޑި

17 ސެޕްޓެމްބަރ 2025 (ބުދަ)

10:00

ޕްރީ ބިޑް ބައްދަލުވުން

17 ސެޕްޓެމްބަރ 2025 (ބުދަ)

13:00

އަންދާސީ ހިސާބު ހުށަހެޅުން

29 ސެޕްޓެމްބަރ 2025 (ހޯމަ)

13:00

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުމުންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. އަންދާސީ ހިސާބު ހުށަހެޅުމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި އަދި އިޢުލާނު ކުރެވިފައިވާ މަސައްކަތާއި ގުޅޭ ވިޔަފާރީގެ ހަރަކާތްތައް ރަޖިސްޓްރީ ކޮށް ފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

14 ސެޕްޓެންބަރު 2025