ވަޒީފާގެ ފުރުޞަތު
|
މަޤާމް:
|
އެސިސްޓެންޓް ސްޓޭޝަން މެނޭޖަރ
|
ވަޒީފާގެ ދާއިރާ:
|
ކ. ގުޅި އިންޖީނުގެ
|
ބޭނުންވާ ޢަދަދު:
|
01
|
މުސާރަ:
|
-/8,000ރ އާއި -/16,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަސައްކަތާއި ގުޅޭ ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާ ނުވަތަ ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުމާއިއެކު މަސައްކަތާއި ގުޅޭ ދާއިރާއަކުން މަދުވެގެން 03 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
ނުވަތަ؛
- ހިންގުމުގެ ދާއިރާގައި މަދުވެގެން 05 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.
|
ދާއިރާގެ މައިގަޑު މަސައްކަތް:
|
- އިންޖީނުގޭގެ އެސިސްޓެންޓް ސްޓޭޝަން މެނޭޖަރެއްގެ ހައިސިއްޔަތުން މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކޮށް ބެލެހެއްޓުމާއި އިންޖީނުގެ އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތްކުރުން.
- އިންޖީނުގޭގެ މުވައްޒަފެއްގެ ޙައިސިއްޔަތުން ރަށުގެ ރައްޔިތުންނާއި އެހެނިހެން ފަރާތްތަކަށް ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް، ފޯރުކޮށްދިނުމައްޓަކައި ކުރަންޖެހޭ މަސައްކަތްކުރުން.
- ރަށުގެ ކުރިއެރުމާއި ތަރައްޤީ އާއި ގުޅޭގޮތުން ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާނެ ކަންތައްތައް ޕްލޭންކޮށް ކަމާއިގުޅުންހުރި ދާއިރާތަކަށް ހުށަހެޅުން.
- މުވައްޒަފުންނާއި ގުޅުންހުރި ކަންތައްތައް ހަމަޖެހިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް ހިންގުމާއި، މުވައްޒަފުންގެ ރެކޯރޑްސް ބެލެހެއްޓުން.
- ކުންފުނިން ދެމުން ގެންދާ ޚިދުމަތްތަކާ ބެހޭ ހުރިހާ ކަމެއްގައި ހަމަޖެހިފައިވާ ޤަވާއިދުތަކާއި އުސޫލް ތަކާއި އެއްގޮތަށް ޢަމަލު ކުރުން.
- ޑީސަލާއި، އަޑީތެލާއި، ސްޕެއަރ ޕާރޓްސް އާއި، ޓޫލްސް އަދި ލިޔެކިޔުމަށް ބޭނުންވާ ތަކެއްޗާއި، އަދި އެހެނިހެން ތަކެތި ބޭނުންވާ މިންވަރަށްވުރެ އިތުރު ނުވާނެ ގޮތުގެމަތިން ހޯދައި ބެލެހެއްޓުމާއި، ހޭދަ ކުރުމުގެ ކަންތައް ޤަވާއިދުން ހިންގުން.
- އިންޖީނުގެއަށް ބޭނުންވާ މުދަލާއި ތަކެތީގެ އިތުރުން ބޭނުންވާ ކަންކަން ބަލެހެއްޓުން.
|
ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:
|
18 ސެޕްޓެންބަރު 2025 ވަނަ ދުވަހުގެ 15:00 ގެ ކުރިން
|
ސުންގަޑި:
|
މި މަޤާމަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ ކ. ގުޅި އިންޖީނުގެ އަށް 18 ސެޕްޓެންބަރު 2025 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.
|
އިންޓަވިއު:
|
އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ.
|
ހުށަހަޅަން ޖެހޭ ލިޔުން:
|
- ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
- ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ
|
އިތުރު މަޢުލޫމާތު:
|
- މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
- މިވަޒީފާއަކީ 02 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 02 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
- ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.
- ސްޓެލްކޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް މި މަޤާމަށް ކުރިމަތި ނުލެވޭނެއެވެ.
|
22 ރަބީޢުލްއައްވަލް 1447
14 ސެޕްޓެންބަރު 2025
|