ދިވެހިރާއްޖެ
އިޢުލާން
އެފް.އޭ.އެމް ފުޓްބޯޅަ މުބާރާތް 2025 ގައި ބައިވެރިވާ ޓީމް "ޓީމް ހަނިމާދޫ" ފުޓްބޯޅަޓީމްގެ އެންމެހާ ކަންތައްތައް އިންތިޒާމްކޮށް މި ކައުންސިލުން ބޭނުންވާގޮތަށް ހިންގައިދޭނެ ފަރާތެއް ހޯދުން
އެފް.އޭ.އެމް ފުޓްބޯޅަ މުބާރާތް 2025 ގައި ބައިވެރިވާ ޓީމް "ޓީމް ހަނިމާދޫ" ފުޓްބޯޅަޓީމްގެ އެންމެހާ ކަންތައްތައް އިންތިޒާމްކޮށް މި ކައުންސިލުން ބޭނުންވާގޮތަށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުއްވުންއެދެމެވެ.
ތަފްސީލު |
ތާރީޙް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
23 ސެޕްޓެމްބަރ 2025 (އަންގާރަ) |
ހެނދުނު 11:30 / ހދ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާ މާލަމް |
އަންދާސީ ހިސާބު ހުށައެޅުން އަދި ހުޅުވުން |
06 އޮކްޓޯބަރ 2025 (ހޯމަ) |
ހެނދުނު 11:00 / ހދ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާ މާލަމް |
އަންދާސީ ހިސާބު ހުށައެޅުއްވުމަށް ވަޑައިގަންނަވާ ކޮންމެ ފަރާތަކުންވެސް ހުށައެޅުއްވޭނީ 1 (އެކެއް) އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށައެޅުއްވުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައިއެވެ. އަންދާސީ ހިސާބު ހުށައެޅުއްވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި މިބީލަމުގައި މަޢުލޫމާތު ސާފުކޮށް ރަޖިސްޓަރީވި ފަރާތްތަކަށާ، ރަޖިސްޓަރީ ކޮށްފައިވާ ކުލަބް ޖަމިއްޔާތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށައެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.
ވިމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.