ދިވެހިރާއްޖެ
އިޢުލާން
ޢަރަބިބަހުން ހުރި ދީނީ ފޮތެއް ދިވެހި ބަހަށް ތަރުޖަމާ ކޮށްދޭނެ ފަރާތެށް ހޯދަން ބޭނުންވެއެވެ.
މިފޮތް ތަރުޖަމާކުރައްވާފައިވާ ފަރާތްތަކަކީ، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ދީނީ ނަޞޭޙަތް ދިނުމުގެ ހުއްދަ ދީފައިވާ ޢިލްމުވެރިން ކަމުގައިވާންވާނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓްރީ ކުރައްވާ ހުރިހާ ފަރާތްތަކަށް، މެއިލް މެދުވެރިކޮށް ފޮނުވޭނެވެ.
ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 2025 ސެޕްޓެމްބަރު 17 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީކުރެއްވުން އެދެމެވެ.
https://forms.office.com/r/Wp1A8Jvdxz
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2025 ސެޕްޓެމްބަރު 28 ވާ އާދިއްތަ ދުވަހުގެ 11:00 ގައެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2025 ސެޕްޓެމްބަރު 18 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 3020252 / 3020261 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.