ދިވެހިރާއްޖެ
މާލެއަތޮޅު (ކ) ކާށިދޫ ފަޅުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް މި މިނިސްޓްރީއިން ވަނީ ނިންމާފައެވެ.
|
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 24 ސެޕްޓެންބަރު 2025 ވާ ބުދަ ދުވަހުގެ 13:00 ގައި އަދި 21 އޮކްޓޫބަރު 2025 ވާ އަންގާރަ ދުވަހުގެ 13:00 ގައި ވަރޗުއަލްކޮށް (ޓީމްސް މެދުވެރިކޮށް) ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، އަންނަނިވި ތާވަލާއި އެއްގޮތްވާގޮތުގެ މަތިން މި މިނިސްޓްރީއަށް ހާޟިރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.
|
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށްޓަކައި 23 ސެޕްޓެންބަރު 2025 އަދި 20 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީގެ އީމެއިލް [email protected] އަށް މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރެއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހިވަޑައިގަންނަވާ އެޕްލިކޭޝަން ފޯމް މި މިނިސްޓްރީގެ ވެބްސައިޓް (www.tourism.gov.mv) އިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި ބީލަން ފޮތް ލިބިވަޑައިގަންނަވާނީ 14 ސެޕްޓެންބަރު 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 19 ނޮވެންބަރު 2025 ވާ ބުދަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 – 1300 އާއި ދެމެދު ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާ (ވޭލާނާގެ، 5 ވަނަ ފަންގިފިލާ) ރިސެޕްޝަނުންނެވެ.
މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 19 ނޮވެންބަރު 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި މިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކުރައްވައިގެން ސާފުކުރެއްވުން އެދެމެވެ.