މަސައްކަތް
ނަންބަރު: (IUL)326/PRIV/2025/42
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:36
ސުންގަޑި: 28 ސެޕްޓެންބަރު 2025 10:00
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، ހިންނަވަރު ޕޯޓްގެ އުތުރު ފަޅީގައި މަސްމާރުކޭޓެއް އަޅައިދީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

 އިޢުލާން

ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް، ހިންނަވަރު ޕޯޓްގެ އުތުރު ފަޅީގައި މަސްމާރުކޭޓެއް އަޅައިދީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 މި އިޢުލާނާއެކު ބިމުގެ ސަރަޙައްދުގެ ކުރެހުން އެޓޭޗްކުރެވިފައިވާނެއެވެ.

*މިބިން ހިފުމަށް ބިޑް ފޯމް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، ތިރީގައިވާ ގޮތުގެމަތިން ބިޑު ފޯމު ގަނެ ހުށަހެޅުއްވުން އެދެމެވެ. 

ތަފްޞީލް

މުއްދަތު

ގަޑި

ތަން

ބިޑު ފޯމް ވިއްކުން

(ބިޑްފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ  500.00ރުފިޔާއަށް)

 14 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހުން ފެށިގެން 18 ސެޕްޓެމްބަރ 2025ވާ ބުރާސްފަތި ދުވަހަށް

ރަސްމީ ކޮންމެ ދުވަހެއްގެ 09:00 ފެށިގެން 12:00އަށް

ހިންނަވަރު ކައުންސިލްގެ އިދާރާއިން

ޕްރީބިޑް މީޓިން  (ބިޑް/ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމްވާނެއެވެ.(

 21 ސެޕްޓެމްބަރ  2025,  އާދީއްތަ ދުވަސް

އާދީއްތަ 10:00 

ހިންނަވަރު ކައުންސިލްގެ އިދާރާ

ބިޑު ހުށަހެޅުން

( ޕްރޮޕޯސަލް ހުށަހެޅުން )

28 ސެޕްޓެމްބަރ  2025,  އާދީއްތަ ދުވަސް

ހެނދުނު 10:00

ހިންނަވަރު ކައުންސިލްގެ އިދާރާ

 

 މި ބިޑް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން، އެކަމަށް އެދި ހުށަހަޅުއްވާނީ، ބިޑްފޯމް ބައްލަވައިގަތުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު  ޅ. ހިންނަވަރު ކައުންސިލްގެ އިދާރާއަށެވެ. ބިޑް ގަތުމަށް އެދޭ ފޯމު ހިންނަވަރު ކައުންސިލްގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. އަދި މިއިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.     މި ބިމުގައި އަމިއްލަ ޚަރަދުގައި ވިޔަފާރިކޮށް ހިންގައި ބަލަހައްޓައި އޮޕަރޭޓްކުރުމަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބިގެންވަނީ، ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ.

 

 ބިޑް ޑޮކިއުމަންޓް ގަންނަން ލިބޭނީ -/500ރ (ފަސްސަތޭކަ ރުފިޔާ)  އަށެވެ. ބިޑް ގަތުމަށް ޚަރަދުކުރާ ފައިސާއަކީ އަނބުރާދެވޭ ފައިސާއެއް ނޫނެވެ.

 

 ބިޑް ފޯމް ގަތުމަށް އެދޭ ފޯމާއެކުގައި އަންނަނިވި ތަކެތި ހުށަހަޅަންވާނެއެވެ.

 

  • ބިޑް ގަތުމަށް އެދޭ ފޯމު ސޮއިކުރުމަށްފަހު ހުށަހަޅަނީ، އެ ފޯމު މެދުވެރިކޮށް ގަންނަ ބިޑް ގައިވާ ގޮތުގެމަތިން ބިޑް ހުށަހަޅަން ބޭނުންވާ ފަރާތްނޫން އެހެންފަރާތަކުން ކަމުގައިވާނަމަ، އޭނާ އެ ބިޑް ގަތުމަށާއި ބިޑް ގަތުމަށް އެދޭ ފޯމުގައި ސޮއިކުރުމަށް ބިޑް ހުށަހަޅަން ބޭނުންވާ ފަރާތުން ހުއްދަކުރާކަމުގެ ޕަވަރ އޮފް އެޓަރނީއެއް އެ ފޯމާއެކު ހުށަހަޅަންވާނެއެވެ.
  • ބިޑް ފޯމް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ކުންފުންޏަކުން ކަމުގައިވާނަމަ، އެކުންފުނީގެ ރެޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
  •  ބިޑް ފޯމް ގަތުމަށް އެދޭ ފޯމު ހުށަހަޅަނީ، ޕާރޓްނަރޝިޕްއަކުން ކަމުގައިވާނަމަ، އެ ޕާރޓްނަރޝިޕްގެ ރެޖިސްޓްރޭޝަން ސެޓްފިކެޓް ގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ.

 

 

 

 ބިޑް ހުށަހަޅަންޖެހޭނީ،  ބިޑު ފޯމްގައިވާ ގޮތުގެމަތިން ހުރިހާ މައުލޫމާތު ތަކެއް ފުރިހަމަކޮށް  ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި، 28 ސެޕްޓެމްބަރ  2025 ވާ އާދީއްތަ  ދުވަހުގެ 10:00ށް ޅ. ހިންނަވަރު ކައުންސިލްގެ އިދާރާއަށެވެ.

 

 

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

11 ސެޕްޓެންބަރު 2025