މަސައްކަތް
                	
                ނަންބަރު: (IUL)450-CA/450/2025/38
                    ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2025
                    ޕަބްލިޝްކުރި ގަޑި:  14:01
                                            ސުންގަޑި: 
                            23 ސެޕްޓެންބަރު 2025 10:00
                        
                    
                ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
                                އިޢުލާން
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޭނުމަށް 2 (ދޭއް) ލެޕްޓޮޕް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިޢުލާނާއެކު ޝާއިޢު ކޮށްފައިވާ ކަރުދާހުގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަޢުވަތު އަރުވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި މަސައްކަތާ ގުޅިގެން އެއްވެސް ސުވާލެއް އޮތްނަމަ، 2025 ސެޕްޓެންބަރު 21 ވަނަ ދުވަހުގެ 10:00 ގެ ކުރިން މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް ލިޔުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުން
- ތާރީޚު: 23 ސެޕްޓެންބަރު 2025 (އަންގާރަ)
 - ގަޑި: މެންދުރު ކުރި 10:00 އަށް
 - ތަން: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (4 ވަނަ ފަންގިފިލާ، ގ. މާގަހާ، ބުރުޒު މަގު، މާލެ)
 - އިތުރު މަޢުލޫމާތު:
- ގަޑިއަށް ހާޒިރު ނުވާ ފަރާތްތައް ބިޑުގައި ބައިވެރި ނުކުރެވޭނެއެވެ.
 - އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ އެންމެހާ ބޭފުޅުންގެ ކުރިމަތީގައި ސިޓީއުރަ ކަނޑައި، ހުށަހަޅާފައިވާ އަގުތައް ޙިއްޞާކުރެވޭނެއެވެ.
 
 
                11 ސެޕްޓެންބަރު 2025