ބީލަން
ނަންބަރު: (IUL)468-APS/468/2025/233
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 13:10
ސުންގަޑި: 22 ސެޕްޓެންބަރު 2025 11:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލައް ސިޓީ ކައުންސިލް އިމާރާތްތަކުގައި ހަރުކުރެވިފައިވާ އޭސީތައް ސާރވިސް ކޮށް މެއިންޓެންސް މަސައްކަތް ކުރާނެ ފަރާތެއް ހޯދުމާއިގުޅޭ

  1. ފުވައްމުލައް ސިޓީ ކައުންސިލް އިމާރާތްތަކުގައި ހަރުކުރެވިފައިވާ އޭސީތައް ސާރވިސް ކޮށް މެއިންޓެންސް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)468-APS/468/2025/191 އިޢުލާން އަށް ލިބިފައިވާ ބިޑްތައް އަގުބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލް ކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

  1. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 17 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.
  2. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

 

  1. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 22 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ 11:00 ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާގެ އަސުރުމާ މާލަމް ( އަތޮޅުގެ މީޓިންގ ރޫމް) ގައެވެ.

 

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 ފުވައްމުލައް ސިޓީ ކައުންސިލް،

 ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.

  ފޯން:  6862812

  އީމެއިލް: [email protected]

11 ސެޕްޓެންބަރު 2025