ނޫސްބަޔާން
ނަންބަރު: (IUL)218-Admin/218/2025/15
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 12:47
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާ ގުޅޭ

ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ނިޒާމު އިތުރަށް ފުޅާ ކުރުމުގެ ގޮތުން، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވަނީ އެ އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕުރޮގްރާމުތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމަށް ހުއްދަ ދޭ ޤަވާއިދެއް އެކުލަވާލާ އެ ޤަވާއިދު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.

 

ވުމާއެކު، ރާއްޖެއިން ބޭރުގައި އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށްފައިވާ ޕުރޮގްރާމެއް ހިންގަން ބޭނުންވަނީނަމަ އެ މަރުކަޒަކުން އެ ޕުރޮގްރާމެއް ހިނެގޭނީ އެމް.ކިއު.އޭ އިން ހުއްދަ ލިބުމަށްފަހު މި ޤަވާއިދާ އެއްގޮތުގެ މަތީންނެވެ. މި ޤަވާއިދުގެ ސަބަބުން ދިވެހިރާއްޖޭގައި މަތީ ތަޢުލީމުދޭ މަރުކަޒުތަކަށް އެ  މަރުކަޒުތަކަށް އެކްރެޑިޓްކޮށްދީފައިވާ ޕުރޮގްރާމުތައް ކޮލިޓީ ކޮމްޕްރޮމައިޒް ކުރުމެއްނެތި ހިންގުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އަދި މިކަމަށް އެދޭ ފަރާތްތަކުން މިކަމަށް އެދޭ އެޕްލިކޭޝަން ފޯރމާއެކު އެމް.ކިއު.އޭ އަށް ހުށަހެޅުމުން ރާއްޖެއިން ބޭރުގައި އެ ޕްރޮގްރާމެއް ހިންގުމުގެ ހުއްދަދިނުމުގެ މަސައްްކަތް އެމް.ކިއު.އޭ އިން ކުރިއަށް ގެންދާނެއެވެ.

 

ވީމާ، މިކަން ޢާއްމުންގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

11 ސެޕްޓެންބަރު 2025