ނޫސްބަޔާން
ނަންބަރު: (IUL)218-Admin/218/2025/14
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:44
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކުރާ ލިޔެކިޔުންތަކުގައި އަސްލާއެއްގޮތްކަމަށް ތައްގަނޑުޖެހުމާ ގުޅޭ

މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކުރާ ލިޔެކިޔުންތަކުގައި އަސްލާއެއްގޮތްކަމަށް ތައްގަނޑު ޖެހުމުގެ މަސއްކަތް އެމް.ކިއު.އޭ އިން އަލުން ފެށުމަށް ނިންމާ މިލަމާ ގުޅޭ އުޞޫލެއް ތައްޔާރުކޮށް މިހާރުވަނީ ގެޒެޓް ކުރެވިފައެވެ.

 

ޤާނޫނު ނަންބަރު 2019/5 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު ގެ 72 ވަނަ މާއްދާ ގެ (ރ) އަށް ގެނެވިފައިވާ އިޟްލާޙޫގެ 1 ގައި ބަޔާންކޮށްފައިވާ ގޮތުން "ރަސްމީ އިދާރާތަކުންނާއި ރަޖިސްޓަރީކޮށްފައިވާ ކިޔަވައިދޭ މަރުކަޒުތަކުން، އެތަނަކުން ދޫކޮށްފައިވާ ލިޔުމެއްގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހޭނެ" ކަމަށް ވުމާއެކު މީގެ ފަހުން އެމް.ކިއު.އޭ އިން ދޫކުރާ އެއްވެސް ލިޔެކިޔުމެއްގައި އަސްލާއެއްގޮތްކަމުގެ ތައްގަނޑު ޖަހަނީ އެމް.ކިއު.އޭ އިންނެވެ. އެގޮތުން، އެމް.ކިއު.އޭ އިންނެވެ. އެމް.ކިއު.އޭ އިން ދޫކުރާ ލިޔެކިޔުންތަކުގެ ތެރޭގައި،

 

  1. ކޮލިފިކޭޝަން ރިކޮގްނީޝަން އެންޑް ވެލިޑޭޝަން. (ދިވެހިންނާއި ބޭރުފަރާތްތަކުގެ)
  2. ކޮލިފިކޭޝަން އެސެސްމެންޓް
  3. ރިކޮގްނީޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް
  4. ސެކަންޑް ކޮޕީ އޮފް އަ ވެލިޑޭޓެޑް ކޮލިފިކޭޝަން. އަދި
  5. ފޯރމް 1- ފޯރމް 2 ގެ ޖަވާބު ހިމެނެއެވެ.

 

މިކަމުގެ ސަބަބުން އެމް.ކިއު.އޭ އިން ދޫކުރާ ލިޔެކިޔުންތަކުގައި އިތުރު ފަރާތެއްގެ އެޓެސްޓޭޝަން ހޯދުމަކާ ނުލާ ވަޒީފާތަކަށް ކުރިމަތިލާ ފަރާތްކަށާއި ކަމާ ގުޅޭ އެހެނިހެން ބޭނުންތަކަށް އެކި ފަރާތްތަކަށް ހުށަހެޅޭނެއެވެ. މިކަމަށް އެދޭ ފޯރމު އެމް.ކިއު.އޭ ގެ ވެބްސައިޓުން ލިބެންހުންނާނެއެވެ. އަދި މިއާއެކު، ކުރިން ދޫކޮށްފައިވާ ލިޔެކިޔުންތަކުގައި 'އަސްލާއެއްގޮތްކަމުގެ ތައްގަނޑު' ޖެހުމަށް އެދި އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމު މެދުވެރިކޮށް ހުށަހެޅޭނެއެވެ.

 

ވީމާ، މިކަން ޢާއްމުންގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

11 ސެޕްޓެންބަރު 2025