ވަޒީފާގެ ފުރުޞަތު
ނަންބަރު: (O)/HPSN/AD/2025/546
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 11:27
ސުންގަޑި: 25 ސެޕްޓެންބަރު 2025 13:00
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ކ. ގުރައިދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މިނިސްޓްރީ އޮފް ހެލްތް

         މާލެ،

       ދިވެހިރާއްޖެ

 

އިޢުލާން

މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހުންނެވެ.  

  މަޤާމް:

ވޮޗަރ

މަޤާމުގެ ނަންބަރު:

J-114971

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު / ކ. ގުރައިދޫ

މުސާރަ:

-/3100.00 ރުފިޔާ

ސަރވިސް އެލެވަންސް:

-/1,000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • -/1,200.00 ރުފިޔާ (ސަޕޯޓިންގ ކޯ އެލަވަންސް 1)
  • -/1085.00 ރުފިޔާ ( ސްޕެޝަލް ޑިއުޓީ އެލަވެންސް)
  • -/832.00 ރުފިޔާ ( މިނިމަމް ވޭޖް އެލަވެންސް)
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ރިސްކް އެލަވަންސް (މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 100/- ރުފިޔާ)

 

 

މަޤާމުގެމައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މަރުކަޒުގައި ބަލަހައްޓަމުންގެންދާ މީހުންނާއި ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ މަސައްކަތް ކުރުން
  2. މަރުކަޒަށް ވަދެނުކުމެހަދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ޤަވާޢިދުން ކުރުން.
  3. މަރުކަޒު ވަށައިގެން ހިނގާ ތަރގެ ރައްކާތެރިކަން އެކިފަހަރުމަތިން ބެލުމާއި ސެކިއުރިޓީ ކެމެރާ ތަކުގެ އެހީގައި ތަނުގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި ތަނުގައި ހުންނަ ތަފާތު ބާވަތުގެ އެއްޗެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން.
  4. ޑިއުޓީ ކުރަން ހަމަޖެހިފައިވާގޮތުގެމަތިން ރޭގަނޑު ގަޑިތަކުގައި އާއި ބަންދުދުވަސްތަކުގައި ހަވާލުކުރެވޭ ސަރަހައްދުތަކުގެ ސެކިއުރިޓީ ބެލެހެއްޓުން.
  5. ޞިއްހީ ސަލާމަތާއި ރައްކައުތެރިކަމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އެހީތެރިވެދިނުން.
  6. ކޮލައަންޓުންނާއި މުވައްޒަފުންގެ އިތުރުން ތަނަށް ވަދެނުކުމެހަދާ މީހުން ވަދެނުކުތުމަށް ބެނުންކުރާ ދޮރު، ގޭޓް ފަދަ ތަންތަން މޮނިޓަރ ކުރުމާއި އިމާރާތާއި ގޯތިތެރެއާއި އެސަރަހައްދުގައިވާ ތަކެތި ބެލެހެއްޓުން.
  7. އިމާރާތުގެ އެތެރެއަށް ވަދެނުކުންނަ ފަރާތްތަކުގެ މަޢުލޫމާތު ނޯޓްކޮށް ބެލެހެއްޓުން
  8. އޮފީހުގެ ޚިދުމަތް ހޯދަން އަންނަ މީހުން ފިޔަވައި އެހެން މީހުން ކަމާބެހޭ ވެރިއެއްގެ ހުއްދަނެތި ތަނަށް ނުވެއްދުން.
  9. އިމާރާތާއި ގޯތިތެރޭގައިވާ ދިއްލުންތައް ހަމަޖެހިފައިވާ އުސޫލުން ދިއްލާ ނިއްވުން
  10. އިމާރާތުގައި ހުންނަ ދިދަ ނެގުމާއި ތިރިކުރުމުގެ މަސައްކަތް ތަން ހިންގުމައި ހަވާލުވެ ހުންނަވައި ވެރިއެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދިއުން
  11. ތަނަށް ވަދެނުކުމެހަދާ ވެހިކަލްތައް މޮނީޓަރ ކުރުމާއި ޕާކްކުރުމަށް ހަމަޖެހިފައވާ ތަންތަން ނޫން އެހެން ތަންތަނުގައި ޕާކުކުރޭތޯ ބެލުމާއި ޤަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާއި ހިއްސަކުރުން.
  12. ވޮޗަރުންގެ ބެލުމުގެ ދަށުގައި ވާ ގޭޓް ތަކާއި އެހެނިހެން ތަންތަން ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ޤަވާޢިދުން ހުޅުވާ ލެއްޕުން.
  13. މުވައްޒަފުން ނުވަތަ އެހެންވެސް ފަރާތްތަކުން ތަނުގައި ޤާއިމްކޮށްފައިވާ ތަކެއްޗަށް ގެއްލުމެއް ދިނުން ނުވަތަ ގެއްލުމެއް ދީފާނޭފަދަ އަމަލެއް ފާހާގަވާނަމަ އެފަދަކަންކަން ރިޕޯޓް ކުރުމާއި އަޅަންޖެހޭ ފިޔަވަޅު އެޅުން.
  14. ސެކިއުރިޓީ ބެލެހެއްޓުމުގެ ތަމްރީނުގައި ބައިވެރިވުމާއި ދަސްކޮށްދެވޭ ކަންކަން ތަންފީޒު ކުރުމަށް މަސައްކަތް ކުރުން
  15. ތަނުގައި ދިމާވާ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ މައްސަލަތައް ކަމާބެހޭ ވެރިންނަށް ވަގުތުން ރިޕޯޓް ކުރުމާއި ޤަވާޢިދުން ރިޕޮޓްކޮށް ބެލެހެއްޓުން
  16. މަރުކަޒުން ބަލަހައްޓާ މީހުންނާއި ކުދިންނަށް  ގެއްލުންވާފަދަ ކަމެއް އެއްވެސް ފަރާތަކުން ކުރާކަން ނުވަތަ އެފަދަ ކަމެއް ފެނި ނުވަތަ އެނގިއްޖެނަމަ އެކަމެއް އަންގަންޖެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުން.
  17. ރަސްމީ ޑިއުތީގައި ސެންޓަރުގެ އެތެރޭގައި އަދި ސެންޓަރުން ބޭރުގައި އުޅެންޖެހޭ ހާލަތްތަކުގައިވެސް މުޢާމަލާތުކުރުމުގައި މުޖުތަމައު ޤަބޫލުކުރާ މިންގަނޑެއްގައި އަޙްލާޤީ މިންގަނޑު ބެހެއްޓުން .
  18. ޚާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގެންނަ މީހުންނާއި ކުދިން ބެލެހެއްޓުމުގައި ޢަމަލު ކުރަންޖެހޭ އުސޫލުތަކާއި ޤަވާޢިދުތަކަށް ފަރުވާތެރިކަމާއި އެކު އަމަލުކުރުން.
  19. މަސައްކަތުގެ ދާއިރާގައި މުވައްޒަފުން ޢަމަލުކުރަންޖެހޭ ޤަވާޢިދުތަކާއި އުސޫލުތަކަށް އަމަލުކުރުން.
  20. އޮފީހުގައި ކުރެވޭ މުހިންމު މަސައްކަތް ތަކަށް އެހީތެރިކަން ދިނުން. މިގޮތުން ސެންތަރުން ހިންގާ މުހިންމު ކަންކަމާއި ގުޅުވައިގެން ބާއްވާ އެކި އެކި ހަރަކާތްތައް ހިންގުމަށް ބޭނުންވާ އެހީތެރިކަން ދިނުން.
  21. މުވައްޒަފަކު ސަލާމް / ޗުއްޓީ ގައި ހުރެއްޖެ ހާލަތެއްގައި ސެންޓަރު ހަވާލުވެހުންނަވާ ވެރިއެއްގެ އިރުޝާދުގެ ދަށުން އަންގާ މަސައްކަތްތައް ކުރުން.
  22. މިނިސްޓްރީގެ އެހެން ދާއިރާއެއްގައި މަސައްކަތް ކުރަންޖެހޭ ޙާލަތްތަކުގައި ހަމަޖައްސާފައިވާ އުސޫލުގެ ދަށުން މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

ލިޔަންކިޔަން އެނގުން.

(ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން)  

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި ޙާއްސަ އެހީއަށް ބޭނުންވާ މަރްކަޒުން  ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަރާތްތައް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން، ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

ޝޯޓް ލިސްޓްކުރުން:

 

   މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2025 އޮކްޓޯބަރ މަހުއެވެ.

   މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6644232 ނަންބަރު ފޯނަށެވެ.

11 ސެޕްޓެންބަރު 2025