ބީލަން
ނަންބަރު: (IUL)SS/2025/55
ޕަބްލިޝްކުރި ތާރީޚް: 11 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 09:06
ސުންގަޑި: 21 ސެޕްޓެންބަރު 2025 23:59
ޞަލާޙުއްދީން ސްކޫލް
ދިވެހިރާއްޖެ
ޞަލާޙުއްދީން ސްކޫލްގެ ހޯލުގައި ހަރުކުރުމަށް ބޭނުންވާ ލެޑް ޕެނަލް ސަޕްލައިކޮށް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

            ބީލަން ހުށަހެޅުމުގެ ދަޢުވަތު

    ލެޑް ޕެނަލް ފޯރުކޮށްދީ އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި ސްކޫލްގެ ނަމްބަރު (IUL)SS/2025/41 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލުކޮށް، މަސައްކަތުގެ ސްކޯޕަށް ބަދަލު ގެނައުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

    ވީމާ، މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

  1. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މި ޕްރޮކިއުމަންޓްގައި ރަޖިސްޓްރީ ކުރުމަށް  2025 ސެޕްޓެމްބަރ 11 އިން 2025 ސެޕްޓެމްބަރ 21 ގެ ނިޔަލަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރެޖިސްޓްރޭޝަން ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  3. "ބިޑް ރެޖިސްޓްރޭޝަން ފޯމް" ގެ ލިންކު: https://forms.gle/cdVvsiZLsFhXzpbU9
  4. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ސެޕްޓެމްބަރ 21 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 7 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ  2025 ސެޕްޓެމްބަރ 23 ވަނަ ދުވަހުގެ10:00  ގައި  މިސްކޫލުގެ 05 ވަނަ ފަންގިފިލާގެ މީޓިންގ ރޫމްގައިއެވެ.
  6. މިޕްރޮކިއުމަންޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  7. މިޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ޞަލާޙުއްދީން ސްކޫލް ޕްރޮކިއުމަންޓް ސެކްޝަން
  • ފޯން: 3302457
  • އީ-މެއިލް: [email protected]

 

 

11 ސެޕްޓެންބަރު 2025