ކުއްޔަށް ހިފުން
ނަންބަރު: (IUL)23-PD(PMS)/23/2025/300
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 16:11
ސުންގަޑި: 21 ސެޕްޓެންބަރު 2025 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތުގެ މުވައްޒަފުން މަސައްކަތް ކުރުމަށް 3 އަހަރު ދުވަހުގެ މުއްދަތަށް އޮފީސް އިމާރާތެއް ކުއްޔަށް ހިފުމަށް

                                  އިޢުލާން

މިނިސްޓްރީ އޮފް ހެލްތުގެ މުވައްޒަފުން މަސައްކަތް ކުރުމަށް 3 އަހަރު ދުވަހުގެ މުއްދަތަށް އޮފީސް އިމާރާތެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 10 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުން ފެށިގެން 21 ސެޕްޓެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 29 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 22 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

                                                 18 ރަބީޢުލްޢަވަލް 1447ހ.

10 ސެޕްޓެންބަރު 2025