މަސައްކަތް
ނަންބަރު: (IUL)335-AS/335/2025/137
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި: 17 ސެޕްޓެންބަރު 2025 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅިވަރު އެކަޑަމީ ހިންގައިދޭނެ ފަރާތްތައް ހޯދުން

އިޢުލާން

ކުޅިވަރު އެކަޑަމީ ހިންގައިދޭނެ ފަރާތްތައް ހޯދުން

            މި ކައުންސިލާއި ކައުންސިލްގެ ފުޓްބޯޅަ ކުލަބް،  އަދި ހިންމަފުށީ ސުކޫލާ ގުޅިގެން ކުޅިވަރު އެކަޑަމީ ހިންގުމަށް 3 ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ހޮވޭ 3 ފަރާތުން ކުރެ ކޮންމެ ފަރާތަކަށް މަހަކު -/5000 (ފަސް ހާސް) ރުފިޔާގެ އެލަވެންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަސައްކަތް ކުރަންޖެހޭނީ ހަފްތާއަކު 5 ދުވަހު ކައުންސިލުން ކަނޑައަޅާ ގަޑި ތަކެއްގައި  ކޮންމެ  ދުވަހަކު މަދުވެގެން 2 ގަޑިއިރު އަދި ގިނަވެގެން 5 ގަޑިއިރެވެ.  

           ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ސެޕްޓެމްބަރ 14:00ގެ ކުރިން ކައުންސިލްގެ އީމެއިލް: [email protected] އަށް އައިޑީ ކާޑު ކޮޕީ، ސީ.ވީ، އަދި ގުޅުން ހުރި ތަމްރީނު ސެޓްފިކެޓްތައް ހުށަހެޅުން އެދެމެވެ.   

           މިހެންވެ މިކަން އާންމު ކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ސެޕްޓެންބަރު 2025