ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)493-YE/493/2025/161
ޕަބްލިޝްކުރި ތާރީޚް: 10 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:46
ސުންގަޑި: 29 ސެޕްޓެންބަރު 2025 13:00
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ދިވެހިރާއްޖެ
ޒުވާނުންގެ އިނާމު 2025

          މި އަހަރު ޒުވާނުންގެ އިނާމުގެ ގޮތުގައި ތަފާތު 14 ދާއިރާއަކުން އިނާމު ދިނުމަށް ވަނީ ކަނޑައެޅިފައެވެ. ޒުވާނުންގެ އިނާމަކީ ތަފާތު  ދާއިރާތަކުން ޤައުމުގެ ތަރައްޤީއަށް ޒުވާނުންކުރާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. އަދި މި އިނާމަކީ ޤައުމުގެ ތަރައްޤީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ޒުވާނުންނަކީ މުޖުތަމަޢުއަށް ފައިދާހުރި، އުފެއްދުންތެރި، ޒިންމާދާރު ބަޔަކަށް ހެދުމަށް ބާރުއަޅައި، ވާގި ދިނުމުގެ ގޮތުން ދެވޭ އިނާމެކެވެ. ޒުވާނުންގެ އިނާމު ލިބޭ ފަރާތްތަކަށް ޚާއްސަ އެވޯޑާއި އަދި ސެޓްފިކެޓް ދެވިގެންދާނެއެވެ.

           ވީމާ، މި އިނާމަށް ނަން ހުށަހެޅުއްވުމަށް ޝަރުތުހަމަވާ ފަރާތްތަކުން، 29 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދޭ ފޯމް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ޒުވާނުންގެ އިނާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްގެ ވެބްސައިޓުންނާއި، ގޫގުލް ލިންކް: https://shorturl.at/cuIXw އަދި ސޯޝަލް ސެންޓަރ ރިސެޕްޝަނުން ލިބެން ހުންނާނޭ ވާހަކަ ދަންނަވަމެވެ. އަދި ހަމައެއާއެކު އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު 14:00 އަށެވެ. އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށަހަޅުއްވާ ފަރާތްތަކުން މިނިސްޓްރީގެ މެއިލް އެޑްރެސް [email protected] މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

          މި އިނާމުތަކަށް ނަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ވަނީ ހުޅުވާލެވިފައެވެ.

                              18 ރަބީޢުލްއައްވަލް 1447

10 ސެޕްޓެންބަރު 2025