ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު
މިރަށު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ކޯޓޭޝަން ހުށަހެޅުން:
މި މަސައްކަތައް ކޯޓޭޝަން ހުށަހެޅުން އޮންނާނީ 16 ސެޕްޓެމްބަރ 2025 (އަންގާރަ) ދުވަހުގެ 13:30 ގައި އދ. ކުނބުރުދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. މި ގަޑީގެ ފަހުން ހުށަހަޅާ ކޯޓޭޝަންތަކާއި މެއިލްމެދުވެރިކޮށް ހުށަހަޅާ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
މި ކޯޓޭޝަން ހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު 18/2014 ގެ ދަށުންރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 19/2014 ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
އިތުރު މައުލޫމާތު ސާފްކުރުން:
މިކަމާބެހޭގޮތުން އިތުރުކަމެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ 15 ސެޕްޓެމްބަރ 2025 ވަނަ ދުވަހުގެ 13:00 ކުރިން ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6680053 ފޯނަށް ގުޅުއްވުން އެދެމެވެ.