ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
ކޮންޓްރެކްޓް އުސޫލުން 04 އޮކްޓޯބަރ 2025 އިން 03 އޮކްޓޯބަރ 2026 އަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: GS04/IU/2025/25 އާއިގުޅިގެން ދެވުނު މައުލޫމާތު ބަދަލުވުމާއި ގުޅިގެން މިމަސައްކަތަށް ތިންވަނަ ފަހަރަށް އިއުލާން ކުރަމެވެ. މިމަސައްކަތް ކުރެއްވުމަށް އެދި ހުށަހެޅުއްވޭނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށާއި، ޖަމްއިއްޔާތަކަށެވެ.
މިބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމާއި ބީލަމުގައި ރަޖިސްޓްރީ ކުރުން އޮންނާނީ 14 ސެޕްޓެމްބަރ 2025 ވާ އާދީއްތަ ދުވަހު ހެނދުނު 09:00 ގައި ސްކޫލް އޮފީހުގައެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަށް ހުށަހެޅުއްވުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ، ބީލަށް ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ބަދަލުގައި އަންނަ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ ހުށަހަޅަންވާނެއެވެ.
ބިޑް ހުޅުވުން އޮންނާނީ 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހު މެންދުރު 1:00 ގައި ސްކޫލް އޮފީހުގައެވެ.
އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބޭނެއެވެ.
ތ.އަތޮޅު ތައުލީމާ މަރުކަޒު
ތ.ތިމަރަފުށި، ދިވެހިރާއްޖެ
ފޯން: 6780015
އީ-މެއިލް: [email protected]