ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)328-MSID/328/2025/136
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 22:29
ސުންގަޑި: 30 ސެޕްޓެންބަރު 2025 00:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމަށް ބޭނުންވާ ގަރާޖު ހުއްދަ ދޫކުރުމާއި ގުޅޭ

އެއްގަމު އުޅަނދު ރަޖިސްޓްރީކުރުމަށް ބޭނުންވާ ގަރާޖު ހުއްދަ ދޫކުރުމުގައި ތިރީގައި ދެންނެވިފައިވާ ކަންކަމަށް ސަމާލުކަންދިނުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންއިން ވަނީ އަންގާވާފައެވެ. 

އެހެންކަމުން، އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމަށް ބޭނުންވާ ގަރާޖު ހުއްދައަށް އެދި ހުށަހަޅުއްވާއިރު، އަންނަނިވި ކަންކަމަށް ސަމާލުވުކަންދެއްވުމަށް އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

  • ހުއްދައަށް ހުށަހަޅުއްވާ ގަރާޖުގައި އުޅަނދު ބާއްވާނެ ޖާގަ އޮތުން
  • ހުއްދައަށް ހުށަހަޅުއްވާ ގަރާޖު ހުންނަ ތަން އެހެން ބޭނުމަކަށް ބޭނުން ނުކުރުން
  • ހުއްދައަށް ހުށަހަޅުއްވާ ގަރާޖުގެ ޖާގައަށްވުރެން އިތުރުނަމަ އެގެއަކަށް ހުއްދަ ދޫނުކުރެވޭނެ

ވީމާ، މިއަދުން ފެށިގެން، ގަރާޖު ހުއްދަ ދޫކުރުމަށް ހަމަޖެހިފައިވަނީ އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމު މެދުވެރިކޮށް، ފޯމުގައި ފާހަގަކޮށްފައިވާ މިންގަނޑުތަކަށް ގަރާޖު ފެތޭކަން ކަށަވަރު ކުރުމަށްފަހުއެވެ.            ގަރާޖު ހުއްދައަށް އެދޭ ފޯމް އިދާރާއިން ލިބެން ހުންނާނެއެވެ.

                 މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ސެޕްޓެންބަރު 2025