މަސައްކަތް
ނަންބަރު: (IUL)M02-HC/2025/05
ޕަބްލިޝްކުރި ތާރީޚް: 09 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 22:05
ސުންގަޑި: 18 ސެޕްޓެންބަރު 2025 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ދ . ބަނޑިދޫ ޞިއްޙީ މަރުކަޒުގެ ލޯންޑްރީ ، ގުދަން ، ސައިކޮޓަރީގެ ފިނިސިންގ މަސައްކަތް އަމިއްލަތަކެތީގައިކޮށްދޭނެފަރާތެއް ހޯދުމަށް

ދ . ބަނޑިދޫ ޞިއްޙީމަރުކަޒުގެ ލޯންޑްރީ ، ގުދަން ، ސައިކޮޓަރި ފިނިސިންގ މަސައްކަތްއަމިއްލަ ތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ.  

މިމަސައްކަތްކުރުމަށް ބިޑު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ، ވިޔަފާރިރަޖިސްޓްރީ ކުރުމުގެޤާނޫނު ( ޤާނޫނު ނަންބަރ : 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރ : 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާފަރާތްތަކަށެވެ.

މިމަސައްކަތްކުރުމަށް ތައްޔާރުކުރެވިފައިވާ މަސައްކަތުގެ ބީލަންފޯރމް މިޢިއުލާން އާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ.

މިމަސައްކަތްކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާފަރާތްތަކުން 11 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގެކުރިން ބީލަމުގައި ރަޖިސްޓްރީކުރައްވަންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރައްވާފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.

ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ  18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ދ ބަނޑިދޫ ޞިއްޙީމަރުކަޒުގެ އޮފީހުގައެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައެއްނުގަނެވޭނެއެވެ. ބީލަންތައް ހުޅުވުން އޮންނަނީ ހުށަހަޅާ ފަރާތްތަކުގެ ހާޟިރުގައެވެ. ބީލަމާގުޅޭ އެންމެހާ ލިޔެކިޔުންތައް އިޢުލާނާއިއެކު ، ގެޒެޓްގައި ޝާއިޢު ކުރެވޭނެއެވެ.

ވީމާ ، މިކަން އާމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

09 ސެޕްޓެންބަރު 2025