ދިވެހިރާއްޖެ
ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިމާރާތްތަކަށާއި ގޯތިތެރެއަށް ޕެސްޓް ކޮންޓްރޯލް ޓްރީޓްމަންޓް ދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އިމާރާތަށް ޕެސްޓް ކޮންޓްރޯލް ޓްރީޓްމަންޓް ދޭނެފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިވެލެއްވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދަޢުވަތު މި މަރުކަޒުން ހުޅުވާލަމަމެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 15 ސެޕްޓެމްބަރ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް، ބިޑް ރަޖިސްޓްރޭޝަން ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރ ކުރާ ފަރާތްތަކަށެވެ.
ބީލަން ރަޖިސްޓްރޭޝަން ލިންކް: https://forms.gle/mPhXqCnR7mULLuw6A
މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 16 ސެޕްޓެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ 18 ސެޕްޓެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 09:00 ގައި ދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދ. ކުޑަހުވަދޫ، ދިވެހިރާއްޖެ
ފޯން: 7952914
އީ-މެއިލް: [email protected]
09 ސެޕްޓެމްބަރ 2025